All posts by: mnusu_admin

About mnusu_admin

ޔޫނިއަންއިން ކުރިއަށްގެންދާ ފުޓްސަލް ފިއެސްޓާގެ މެއިން ސްޕޮންސަރއަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހަމަޖައްސާ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. އެމްޕީއެލްއާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ އެފްއީ އޮޑިޓޯރިއަމްގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައިވަނީ ކޯ ސްޕޮންސަރ ތިލަފުށި ކޯޕަރޭޝަން އަދި ޕްރިންޓިން ޕާޓްނަރ ޕްރިންޓް ލެބް އާއެކުވެސް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އަބްދުލްރަައްޒާގު ހަލީމް ވިދާޅުވީ އެކުންފުނީގެ ފަރާތުން މިމުބާރާތް ސްޕޮންސަރ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޒުވާނުން […]

ޔޫނިއަންގެ ހިންގާ ކޮމިޓީއިން ހުސްވެފައިވާ ހަޒާންދާރުގެ މަޤާމަށް ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ދަރިވަރު ހަސަން ޝާހު އިންތިހާބު ވެއްޖެއެވެ. ޔޫނިއަންގެ ހިންގާ ކޮމިޓީއިން ހުސްވެފައިވާ މަޤާމުގެ ބައި އިލެކްޝަން ހުޅުވާލުމުން މަޤާމަށް ކުރިމަތިލުމަށް އެދި ފޯމް ހުށަހެޅީ ޝާހު އެކަނި ކަމުގައިވުމުން އިންތިހާބަކާއި ނުލައި އޭނާވަނީ އެމަޤާމަށް ހޮވިފައެވެ. ޝާހު އަކީ މިހާރުވެސް ހީލާރސް ނައިބް ރައީސް ކަންވެސް ކުރަމުންދާ ދަރިވަރެކެވެ. ހަޒާންދާރުގެ މަޤާމް ހުސްވެފައިވަނީ އެމަޤާމުގައި ހުރި އިބްރާހިމް ހަނީފް މަޤާމުން އިސްތިއުފާ ދިނުމާއި […]

އެމްއެންޔޫ އެސްޔޫގެ ހިންގާ ކޮމިޓީއިން ހުސްވެފައިވާ މަޤާމަކަށާއި ތަރަހަ ގޮފީގެ ހިންގާ ކޮމިޓީއިން ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޔޫނިއަންގެ ހިންގާ ކޮމިޓީއިން ހުސްވެފައިވަނީ ހަޒާންދާރުގެ މަޤާމެވެ. މިމަޤާމު ހުސްވެފައިވަނީ އެމަޤާމުގައި ހުރި އިބްރާހިމް ހަނީފް މަޤާމުން އިސްތިއުފާ ދިނުމުންނެވެ. ތަރަހަ ގޮފިން ހުސްވެފައިވާ މަޤާމުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޔޫނިއަންގެ ނައިބް ރައީސް އަލީ ޝަމްޢުން ވިދާޅުވީ ތަރަހަ ގޮފިން ހުސްވެފައިވަނީ ނައިބް ރައީސް (ޢިލްމީ)، ހަޒާންދާރު އަދި މީޑިއާ ކޯޑިނޭޓަރގެ މަޤާމެވެ. މިމަޤާމުތަކަށް […]

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ އެއްވަނަ އިންޓަރ ކޮލެޖް ޔުނިވަރސިޓީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހޯދައިފިއެވެ. އަންގާރަ ދުވަހުގެރޭ ކުޅެވުނު ފައިނަލް މެޗުގައި އެމްއެންޔޫ ޗެމްޕިއަންކަން ހޯދީ ވިލާ ކޮލެޖާއި ވާދަކޮށް 53 ޕޮއިންޓް 8 ޕޮއިންޓުންނެވެ. މިމުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި އެމްއެންޔޫގެ ހަތަރު ކުޅުންތެރިޔަކު ހިމެނުނެވެ. އެއީ – އައިޝަތު އަނާން އަނިލް – އަނާން އަލީ ރަޝީދު – […]

އެމްއެންޔޫ އެސްޔޫ ފަސްވަނަ ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެމްއެންޔޫގެ ފެކަލްޓީތަކާއި މަތީ ތައުލީމުދޭ އެހެން މުއައްސަސާތަކަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ހުށަހަޅާންވީ ގޮތުގެ ތަފްސީލް ތިރީގައި އެވަނީއެވެ. އެމްއެންޔޫގެ ފެކަލްޓީތައް – ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 27 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެރޭ 21:00 – ޓީމް ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ 6 އޮގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ 16:00 ދައުވަތު […]

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ ހަޒާންދާރުގެ މަޤާމު ފުރަމުންއައި އިބްރާހިމް ހަނީފް އެމަޤާމުން އިސްތިއުފާ ދީފިއެވެ. އިބްރާހިމް ހަނީފްގެ އިސްތިއުފާގެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން މަޤާމުން އިސްތިއުފާ ދިނީ ހިނގަމުންމިދާ 2017 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އެއްވެސް ކޯހަކަށް ރަޖިސްޓަރ ވެފައިނުވާތީއެވެ. ޔޫނިއަންގެ ހިންގާ ޤަވައިދު ބުނާގޮތުން ހިންގާ ކޮމިޓީގެ މެމްބަރަކަށްވެވޭނީ ޔުނިވަރސިޓީގައި ކޯހަކަށް ރަޖިސްޓަރވެ ކިޔަވަމުންދާ ދަރިވަރަކަށެވެ. އިބްރާހިމް ހަނީފް ޔޫނިއަންގެ ހިންގާ ކޮމިޓީއާއި ގުޅުނީ މިދިޔަ އަހަރުގެ މެދުތެރެއިން […]

ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ކުރިއަށް ގެންދިޔަ ފޮޓޯ ކޮމްޕެޓިޝަންގެ އެއްވަަނަ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ދަރިވަރު ޢަލީ އިސްމާއީލް ހޯދައިފިއެވެ.   މި މުބާރާތަކީ ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އިން އެމްއެންޔޫގެ ހުރިހާ ފެކަލްޓީތަކުގެ ދަރިވަރުންނަށް ހުޅހުވާލައިގެން ގެންދިޔަ މުބާރާތެކެވެ.   މުބާރާތުގައި ވަނަ ދެނީ މުބާރާތުގައި ބައިވެރިވާ ދަރިވަރުން ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އަށް ފޮނުވާ ފޮޓޯތައް ސޮސައިޓީ އޮފް ޝަރީޢާ […]

އެސް.އެސް.އެލް ގެ ހިންގާ ކޮމެޓީގެ އިސްނެގުމާއެކު “އިޒްހާމް މުޙައްމަދު މެމޯރިއަލް ކަޕް 2017″، ގެ ނަމުގައި އޯގަސްޓު 4 އަދި 5 ވާ ހަފްތާބަންދުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ސޮސައިޓީ އޮފް ޝަރިޢާ އެންޑް ލޯ އިން ނިންމައިފިއެވެ. މި މުބާރާތަކީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ތަޢުލީމު ހާސިލްކުރަމުން ދަނިކޮށް ހިތާމަވެރި ހާދިސާއެއްގައި އަޅުގަނޑުމެންނާ ވަކިވެ ދިޔަ އަލްމަރްހޫމް އިޒްހާމް މުޙައްމަދުގެ ހަނދާނުގައި ބޭއްވޭ މުބާރާތެކެވެ. އަލްމަރްހޫމް އިޒްހާމް މުޙައްމަދަކީ ފެކަލްޓީ އޮފް ޝަރީޢާ […]

އެއްވަނަ އިންޓަރ ކޮލެޖް / ޔުނިވަރސިޓީ ނެޓް ބޯޅަ މުބާރާތުގައި ބޮޑު ތަފާތަކުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ބަލިކުރުމަށްފަހު ޤައުމީ ޔުނިވަރސިޓީގެ ޓީމް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. ޤައުމީ ޔުނިވަރސިޓީ އިއްޔެގެ މެޗު ކާމިޔާބު ކޮށްފައިވަނީ 3 – 58 ޕޮއިންޓުންނެވެ. ކުއީން އޮފް ދަ މެޗަށް ހޮވިފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ނައުފާ އަހުމަދުއެވެ. މިމުބާރާތުގެ ސެމީ އަށް ޤައުމީ ޔުނިވަރސިޓީ ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ޤައުމީ ޔުނިވަރސިޓީ ކުޅޭ ސެމީ ފައިނަލް […]

ނެޓްބޯޅަ އެސޯސިއޭޝަންއިން ކުރިއަށް ގެންދާ އެއްވަނަ އިންޓަރ ކޮލެޖް / ޔުނިވަރސިޓީ ނެޓް ބޯޅަ މުބާރާތުގައި ޤައުމީ ޔުނިވަރސިޓީގެ ޓީމުން ކުޅުނު ދެވަނަ މެޗުވެސް ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފިއެވެ. މޯލްޑިވްސް ބިޒިނަސް ސްކޫލާއި ވާދަކުރި މެޗް ޔުނިވަރސިޓީގެ ޓީމުން ކާމިޔާބުކުރި މެޗުގައި ޔުނިވަރސިޓީގެ ޓީމުން 57 ޕޮއިންޓް ހޯދިއިރު ބިޒިނަސް ސްކޫލަށް ހޯދުނީ 2 ޕޮއިންޓެވެ. ބުރާސްފަތި ދުވަހުގެ ހަވީރު ކުޅެވުނު މިމެޗުގެ ކުއީން އޮފް ދެ މެޗަށް ހޮވިފައިވަނީ ޔުނިވަރސިޓީ ޓީމުގެ ނައުފާ އަހުމަދުއެވެ. […]