ފަސްވަނަ އިންޓަރ ކޮލެޖް / ޔުނިވަރސިޓީ ފައިނަލްގައި އެއްކޮޅުން ބައްދަލުކުރާނީ އެމްއެންޔޫގެ ޓީމުތަކެވެ.

މާރޗް 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުތަކުގެ ތެރެއިން އަންހެން ޑިވިޝަންގައި އެމްއެންޔޫ ބައްދަލުކުރާނީ ސައިރިކްސް ކޮލެޖްގެ ޓީމާއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހު ހަވީރު 16:00 ގައެވެ.

ރޭގަނޑު 20:00 ގައި ފެށުމަށް ހަމަޖެހިފައިވާ ފިރިހެން ޑިވިޝަންގެ ފައިނަލްގައި އެމްއެންޔޫ ބައްދަލުކުރާނީ ވިލާ ކޮލެޖުގެ ޓީމާއެވެ.

ސޯޝަލް ސެންޓަރގެ އެތެރޭ ކޯޓުގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުތަކަށް ސަޕޯޓުކުރަން ދިއުމަކީ ޔޫނިއަންގެ ވަރަށް ބޮޑު އެދުމެކެވެ.

2016 ވަނަ އަހަރުގެ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމްއެންޔޫ އެވެ.

Leave a Reply

Your email address will not be published. Required fields are marked *