އިންޓަރ-ފެކަލްޓީ ނެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަރިވަރުންނާއެކު ފެސާ އިން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ 14 މާރޗް 2017 ވީ އަންގާރަ ދުވަހުގެ މެންދުރު 02:30 ގައި (B1 study area) ގައެވެ.

ނެޓްބޯޅަ ކުޅުންތެރިންނާ މުހާތަބުކޮށް ފެސާގެ ރައީސާ މާޝާ މުސްތަފާ ދެންނެވީ ނެޓްބޯޅައިގެ ގަވައިދު ބުނާގޮތުން ކޮންމެ ފެކަލްޓީއަކަށް ވެސް ނެރެވޭނީ އެންމެ ޓީމެއް ކަމަށެވެ. ގިނަ އަދަދެއްގެ ދަރިވަރުން މި ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ޓީމްގެ ފަސްޓް އެއިޑް، އަދި މެނޭޖަރ ފަދަ މަގާމްތަކަށް ވެސް ނަގާނީ ޝައުގުވެރިވާ ދަރިވަރުންގެ ތެރެއިން ކަމަށް މާޝާ ވިދާޅުވިއެވެ.

ނެޓްބޯޅައިގެ ގަވައިދުތަކާ ބެހޭގޮތުން ވެސްމި ބައަދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ. ނެޓްބޯޅައަށް ފަރިތަކުރަން ހަމަޖެހިފައިވާ ވަނީ މާދަމާއިން ފެށިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *