ފަސްވަނަ އިންޓަރ ކޮލެޖް / ޔުނިވަރސިޓީ ވޮލީ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްއެންޔޫއިން ހޯދައިފިއެވެ.

އެމްއެންޔޫ އަންހެން ޓީމް ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅެވުނު ފައިނަލް މެޗުގައި ސައިރިކްސް ކޮލެޖްއާއި ވާދަކޮށް 3 ސެޓު 2 ސެޓުން ނެވެ. ފިރިހެން ޓީމް ޗެމްޕިއަންކަން ހޯދީ މިރޭ ކުޅެވުނު ފައިނަލް މެޗުގައި ވިލާ ކޮލެޖާއި ވާދަކޮށް 3 ސެޓު 2 ސެޓުންނެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި އެމްއެންޔޫ ޓީމުގެ 4 ކުޅުންތެރިން ހިމެނުނެވެ. އެއީ
– ފަޒްލާ އަބޫބަކުރު
– މަރިޔަމް މިޒްނާ
– އާމިނަތު ނަސްމާ
– ފާތިމަތު ސާދާ

އަންހެން ޑިވިޝަންގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވިފައިވަނީ އެމްއެންޔޫ ޓީމުގެ ސިލްމާ ޒާހިރުއެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި އެމްއެންޔޫ ޓީމުގެ 3 ކުޅުންތެރިން ހިމެނުނެވެ. އެއީ
– ރައްޒާން އަބްދުއް ރައްޒާޤް
– ޖަޒްލާން މުހައްމަދު
– ޖައިލަމް މުހައްމަދު

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވިފައިވަނީ އެމްއެންޔޫ ޓީމުގެ ޒިޔާން ޖާދުﷲ ރަޝީދުއެވެ.

މިދިޔަ އަހަރުވެސް މިމުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމްއެންޔޫ އިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *