ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ސްޓޫޑަންޓް ޔޫނިއަން (MNUSU) އިން އިސްނަގައިގެން މި އަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރ-ފެކަލްޓީ ނެޓްބޯޅަ މުބާރާތުގެ ފަރިތަކުރުންތައް FE އިން ފަށައިފިއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގަމުންދާ މާރޗް މަހު 29 ވަނަ ދުވަހުއެވެ.

މިއަދު ހެނދުނުގެ ފަރިތަ ކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 8:30 ން 9:30 އަށް “ސޯޝަލް ސެންޓާރ” ގެ ބޭރު ކޯޓުގައެވެ. 11 ކުޅުން ތެރިންއާއި އެކު ފެށި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑަންޓް އެސޯސިއޭޝަން (FESA) ގެ ނައިބު ރައީސާ (އަމަލީ) އަނާ އަޙްމަދު ގެ ބެލުމުގެ ދަށުންނެވެ. މިއަދު ހަވީރު 16:00 ގައި އިތުރު ފަރިތަކުރުމެއް ހިނގަމުން ދަނީ މާފަންނު މަދަރުސާގެ ނެޓްބޯޅަ ކޯޓުގައެވެ.

އަނާ އަޙްމަދު ވިދާޅުވީ ކުދިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭކަމަށާއި ކުދިން ތިބީ ބުނާ ކޮންމެ ވަގުތެއްގައި ވެސް ފަރިތަކުރުން ކުރިޔަށް ގެންދިއުމަށް ތަޔާރަށް ކަމަށެވެ. ދަރިވަރުންގެ އެއްބާރުލުން ފާހަގަ ކޮށް އަނާ ވަނީ ދަރިވަރުން އަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ޓީމުގެ އަމާޒަކީ ތަށި ޙާސިލް ކުރުން ކަމަށްވެސް އަނާ ވިދާޅުވިއެވެ.

One Response to FE އިން އިންޓަރ ފެކަލްޓީ ނެޓްބޯލް މުބާރާތައް ފަރިތަކުރުން ފަށައިފި
  1. FE ah Mikan vaane.. In eha Allah..


[top]

Leave a Reply

Your email address will not be published. Required fields are marked *