ވީޑިއޯ އެޑިޓިންއަށް ޝައުޤުވެރިކަން ހުންނަ ދަރިވަރުންނަށް ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ސޮސައިޓީ ފޮރ އިސް ލާމިކް ސްޓަޑީޒް ގެ ފަރާތުން ހުޅުވާލައިފިއެވެ. މި ބައްދަލުވުމުގައި ވީޑިއޯ އެޑިޓް ކުރާނެ ގޮތާ، އަޑު އަޅުން ފަދަ ކަންތައްތައް ބައިވެރިންނަށް ދަސްކޮށްދެވިގެންދާނެއެވެ. މި ކަމަށް ޝައުޤުވެރިވާ ދަރިވަރުން މިމަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ 1:00 ގެ ކުރިން ނަންނޯޓު ކުރުމަކީ ސިސް ގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ. ނަންނޯޓު ކުރެއްވުމަށްޓަކައި ދަރިވަރުގެ ނަމާއި، ކޯސް އަދި ދަރިވަރުގެ ނަންބަރު ޖެއްސެވުމަށްފަހު 7901923 މިނަންބަރަށް އެސް އެމް އެސް ކުރައްވާށެވެ. މި މަސައްކަތު ބައްދަލުވުން އޮންނާނީ15 އެޕްރީލް 2017 ވާ ހޮނިހިރު ދުވަހުގެ 2:00 ގަ ފެކަލްޓީ އޮފް ސައިންސް ގެ ލެބް Q3-04 ގައެވެ. މި މަސައްކަތު ބައްދަލުވުމުގައި ބައިވެރި ކުރާގޮތަށް ހަމަޖެހިފައި ވަނީ އެންމެ ފުރަތަމަ ނަންނޯޓު ކުރާ 20 ދަރިވަރުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *