ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެސް.އީ.ޓީ)ގެ ހިންގާ ކޮމިޓީގެ ފަރާތުން “އެސް.އީ.ޓީގެ ހިންގާ ކޮމިޓީގެ އެޑްވައިޒަރީ އެންޑް އެސިސްޓެންސް ބޯޑު”ގެ ނަމުގައި ބޯޑެއް އެކުލަވާލައިފިއެވެ. މި ބޯޑުގެ މަޤްޞަދަކީ ހިންގާ ކޮމިޓީއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، ހިންގާ ކޮމިޓީއަށް ފަންނީ އަދި ޢިލްމީ ލަފާއެރުވުމެވެ. ބޯޑު އުފެއްދުމަށް ނިންމީ އެސް.އީ.ޓީ ހިންގާ ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި ފާސްކުރި ފާސްކުރުމަކުންނެވެ.

މީޑިއާ ކޯޑިނޭޓަރ އަދި އެސިސްޓެންޓް މީޑިއާ ކޯޑިނޭޓަރ

މީޑިއާ ކޯޑިނޭޓަރ އަދި އެސިސްޓެންޓް މީޑިއާ ކޯޑިނޭޓަރ

ޢިލްމީ ނައިބު ރައީސް

ޢިލްމީ ނައިބު ރައީސް

މި ބޯޑުގައި 6 މެންބަރުން ހިމެނޭއިރު، ބޯޑުގެ ކޮންމެ މެންބަރަކީވެސް އެސް.އީ.ޓީގެ ހިންގާ ކޮމިޓީގެ ކޮންމެ މަޤާމަކާއި ދިމާވާ ގޮތަށް “ހިޔަނި ހިންގާ ކޮމިޓީ”އެއް ގޮތަށް މަސައްކަތްކޮށް، އެހީތެރިވެ އެއްބާރުލުންދިނުމަށް ޢައްޔަނުކޮށްފައިވާ މެންބަރުންނެވެ. މިގޮތުން ބޯޑުގެ މި ދައުރުގައި ހިމެނެނީ “ރައީސްގެ އެޑްވައިޒަރ” އަލްފާޟިލް ޢަލީ ޝަމްޢޫން، “ޢިލްމީ ނައިބު ރައީސްގެ އެޑްވައިޒަރ” އަލްފާޟިލް ޢަލީ މުޙައްމަދު، “ޢަމަލީ ނައިބު ރައީސްގެ އެޑްވައިޒަރ” އަލްފާޟިލް ނޫރު ފާރޫޤު، “ޚަޒާންދާރުގެ އެހީތެރިޔާ” އަލްފާޟިލް އަޒުހާން މުޙައްމަދު، “އެސިސްޓެންޓް މީޑިއާ ކޯޑިނޭޓަރ” އަލްފާޟިލް ޣާނިމް ޝާހިދުގެ އިތުރުން “އެސިސްޓެންޓް ސެކްރެޓަރީ” އަލްފާޟިލާ އަދުމާ ވަޙީދެވެ. ބޯޑުގެ މެންބަރުންނާއި އެސް.އީ.ޓީގެ ހިންގާ ކޮމިޓީގެ މެންބަރުންނާއިއެކު އެއްބަސްވުމުގައި ސޮއިކޮށް ރަސްމީކޮށް ބޯޑު އެކުލަވާލެވުނީ 08 އެޕްރީލް 2017 ވީ ހޮނިހިރު ދުވަހު، އެމް.އެން.ޔޫ.އެސް.ޔޫގެ އޮފީހުގައެވެ. ބޯޑުގައި ކުރިން އެސް.އީ.ޓީގެ ހިންގާ ކޮމިޓީގެ އެކިއެކި މަޤާމުތަކުގައި ތިބި 3 މެންބަރުން (އެޑްވައިޒަރުންގެ ގޮތުގައި) ތިބި އިރު، އަނެއް 3 މެންބަރުން (އެސިސްޓެންޓުންގެ ގޮތުގައި) އެއީ އެސް.އީ.ޓީގެ މަސައްކަތްތަކުގައި މުޅީން އަލަށް ބައިވެރިވާ މެންބަރުންނެވެ.

އެސިސްޓެންޓް ސެކްރެޓަރީ

އެސިސްޓެންޓް ސެކްރެޓަރީ

ޢަމަލީ ނައިބު ރައީސް އަދި އެޑްވައިޒަރ

ޢަމަލީ ނައިބު ރައީސް އަދި އެޑްވައިޒަރ

ބޯޑުގެ މަސައްކަތްތައް ހިންގުމަށް ޤަވާޢިދެއް އެކުލަވާލައިފައިވިޔަސް، މި ބޯޑަކީ ރަސްމީ ޙައިޞިއްޔަތަކުން ހިނގާ ބޯޑެއް ނޫން ކަމާއި، މި ބޯޑުގެ ހުރިހާވެސް ބޭނުމަކީ އެސް.އީ.ޓީގެ ހިންގުން ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެސް.އީ.ޓީގެ ޙަރަކާތްތައް ކުރިއަށްގެންދާނޭ މަގެއް ތަނަވަސްކުރުން ކަމަށް އެސް.އީ.ޓީގެ ރައީސް އަލްފާޟިލް މުޙައްމަދު ޝާން ޢާމިރު މަޢުލޫމާތު ދިނެވެ. އަދި މި ބޯޑު އުފެއްދުމުގެ އަނެއް ބޭނުމަކީ އެސް.އީ.ޓީގެ ޙަރަކާތްތަކަށް ޢާންމު މެންބަރުންގެ ތަރުޙީބު ކުޑަވުމުގެ ސަބަބުން އެ ޙަރަކާތްތަކަށް އެހީވާނޭ މެންބަރުންތަކެއް ހޯދުންކަމަށްވެސް ވިދާޅުވިއެވެ. ބޯޑު އުފައްދައިފައިވާއިރު، ބޯޑުން ތަޖުރިބާ ލިބިގެން (އެސިސްޓެންޓުން) އެސް.އީ.ޓީގެ ހިންގާ ކޮމިޓީގައި ދެން އަންނަން އޮތް ދައުރުތަކުގައި މަސައްކަތް ކުރުމަށާއި، އެސް.އީ.ޓީގެ ހިންގާ ކޮމިޓީއިން ލިބުނު ތަޖުރިބާ އާއި އެކު ބޯޑުގައި ދެން އަންނަން އޮތް ދައުރުތަކުގައި މަޑުކޮށް (އެޑްވައިޒަރުންގެ ގޮތުގައި) ހިންގާ ކޮމިޓީއަށް އެއްބާރުލުން ދިނުމަކީ އެސް.އީ.ޓީގެ މި ދައުރުގެ ހިންގާ ކޮމިޓީގެ މެންބަރުންގެ ވަރަށްބޮޑު އިލްތިމާސެއް އަދި އުއްމީދެކެވެ.

ޚަޒާންދާރު

ޚަޒާންދާރު

ޚަޒާންދާރުގެ އެހީތެރިޔާ

ޚަޒާންދާރުގެ އެހީތެރިޔާ

ސެކްރެޓަރީ

ސެކްރެޓަރީ

Leave a Reply

Your email address will not be published. Required fields are marked *