އަލްއުސްތާޛު އިބްރާހިމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބޭއްވި ވާހަކަދެއްކުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ މަތީތައުލީމް ދޭ މަރުކަޒްތަކުގެ ބައިން އެއްވަނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހޯދައިފިއެވެ.

އެމްއެންޔޫއަށް އެއްވަނަ ލިބުނުކަން އިއުލާނުކޮށްފައިވަނީ މުބާރާތުގެ ނަތިޖާ ފާޅުކުރުމަށް ރޭ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ބޭއްވި ޖަލްސާގައެވެ.

އެމްއެންޔޫއިން އެއްވަނަ ހޯދިއިރު މަތީތައުލީމް ދޭ މަރުކަޒްތަކުގެ ބައިން އެންމެ މޮޅު ވާހަކަދެއްކުން ތެރިއަކަށް ހޮވިފައިވަނީ އެމްއެންޔޫ ޓީމްގެ އަލީ އަމީރުއެވެ. އަދި މިބައިން ތިންވަނަ ލިބިފައިވަނީ އެމްއެންޔޫ ޓީމުގެ އާމިނަތު އަރޫޝާއަށެވެ.

މަތީތައުލީމް ދޭ މަރުކަޒްތަކުގެ ބައިން ދެވަނަ އިސްލާމީ ޔުނިވަރސިޓީއަށް ލިބުނުއިރު ތިންވަނަ ލިބުނީ ޑިފެންސް ކޮލެޖްއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *