ކުޅުދުއްފުށީ ކެމްޕަހުގައި އުފައްދާ ޔޫނިއަންގެ ގޮތްޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅިގެން ޔޫނިއަންއިން ކޮށްފައިވާ އިޢުލާނުގައިވަނީ 2017 ވަނަ އަހަރަށް އިންތިހާބު ކުރަން ހަމަޖެހިފައިވާ ކުޅުދުއްފުށީ ކެމްޕަހުގެ ޔޫނިއަންގެ ގޮފިތަކުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި ޝައުޤުވެރިކަން ހުރި ދަރިވަރުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު ކެމްޕަސް އޮފީހަށް ހުށަހެޅުން އެދޭ ކަމަށެވެ.

ކުރިމަތިލުމަށް ހުޅުވާލާފައިވާ މަޤާމުތައް
– ރައީސް
– ނައިބް ރައީސް (ޢިލްމީ)
– ނައިބް ރައީސް (ޢަމަލީ)
– ސެކެރްޓަރީ
– ހަޒާންދާރު
– މީޑިއާ ކޯރޑިނޭޓަރ

ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ އޭޕްރިލް 20 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިންނެވެ. އެޕްލިކޭޝަން ފޯމް ކެމްޕަސް އޮފީހުން ލިބެން ހުންނާނެއެވެ.

ޔުނިވަރސިޓީގެ ކެމްޕަސްތަކުގައި ޔޫނިއަންގެ ގޮފިތައް ޤާއިމްކޮށް ކެމްޕަސް ތަކުގައި ކިޔަވާ ދަރިވަރުންނަށް ޔޫނިއަންގެ ހަރަކާތްތައް ފުޅާކުރުމަކީ މިއަހަރު އެންމެ އިސްކަންދޭނެ ކަންތައް ކަމުގައި 2017 ވަނައަހަރަށް ޔޫނިއަންގެ ހިންގާ ކޮމިޓީ އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ޔޫނިއަންގެ ރައީސްވަނީ ވިދާޅުވެފައެވެ. އަދި ސީދާ ރައީސްގެ ބެލުމުގެ ދަށުން “އެމްއެންޔޫ އެސްޔޫ ޓު އޯލް ސްޓޫޑެންޓްސް” ގެ ނަމުގައި ކެމްޕަސްތަކަށް ހާއްސަ ހަރަކާތެއް ޔޫނިއަންއިންދަނީ ހިންގަމުންދާއިރު އައްޑޫ އަދި ތިނަދޫ ކެމްޕަސްގެ ޔޫނިއަންގެ ގޮފިތައް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާއިރު، ގަމުް ކެމްޕަސްގައި ޤާއިމުކުރެވިފައިވާ އަހުރަ ގޮފި މިހާރު ވަނީ އިފްތިތާޙުކޮށްފައެވެ .

Leave a Reply

Your email address will not be published. Required fields are marked *