އެމްއެންޔޫ އެސްޔޫ އިންޓަރ ފެކަލްޓީ ބަހުސް މުބާރާތް ފަށައިފިއެވެ.

ޔުނިވަރސިޓީ ފައުންޑޭޝަން އޮޑިޓޯރިއަމްގައި މުބާރާތް ފަށާފައިވަނީ އިއްޔެގައެވެ.

މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރ އައިޝަތު ޝާހީންއެވެ. މިމުބާރާތުގައި ޔޫނިއަންގެ ހަތަރު ގޮތްޕަކުންވަނީ ބައިވެރިވެފައެވެ.

މުބާރާތުގެ ފުރަތަމަ ބަހުސްގައި ފެކަލްޓީ އޮފް ހެލްތަ ސައިންސަސް އަދި ފެކަލްޓީ އޮފް އެޑިއުކޭޝަން ބައްދަލުކޮށް ކާމިޔާބުކުރީ ފެކަލްޓީ އޮފް ހެލްތަ ސައިންސަސްއިންނެވެ. ދެވަނަ ބަހުސްގައި ފެކަލްޓީ އޮފް ހެލްތަ ސަރިޢާ އެންޑް ލޯ އަދި ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ ބައްދަލުކުރި ބަހުސް ކާމިޔާބުކުރީ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ޓީމެވެ.

މިމުބާރާތުގެ ސެމީފައިނަލް ކުރިއަށްދާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ސެމީފައިނަލްގައި ފެކަލްޓީ އޮފް ހެލްތަ ސައިންސަސް ބައްދަލުކުރާނީ ފެކަލްޓީ އޮފް ހެލްތަ ސަރިޢާ އެންޑް ލޯއާއެވެ. ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ ބައްދަލުކުރާނީ ފެކަލްޓީ އޮފް އެޑިއުކޭޝަންއާއެވެ.

Leave a Reply

Your email address will not be published. Required fields are marked *