ސޮސައިޓީ އޮފް ސައިންސްގެ ފަރާތުން އިންތިޒާމް ކޮއްގެން ކުރިޔަށް ގެންދާ “އެފްއެސްސީ ފުޓްސަލް ފިއެސްޓާ 2017” ފެށިގެންކުރިއަށް އެބަދެއެވެ.

ޓީމް ނިހާދު އަދި ގްލިޗް ބައްދަލުކުރި މެޗްގެ ތެރެއިން...

ޓީމް ނިހާދު އަދި ގްލިޗް ބައްދަލުކުރި މެޗްގެ ތެރެއިން…

މި މުބާރާތަކީ ފެކަލްޓީ އޮފް ސައިންސްގެ ދަރިވަރުންނަށް އަމާޒުކޮށް ކޮންމެ އަހަރަކުވެސް ސޮސް އިން ބާއްވަމުން އަންނަ ކުޅިވަރު މުބާރާތެކެވެ. މި މުބާރާތުގެ މަޤްޞަދަކީ އެފް.އެސް.ސީގެ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަދި ކުޅިވަރު ކުޅުމުގެ ރޫޙު ދަރިވަރުންގެ މެދުގައި އާލާކޮށް ދިރުވައި ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމެވެ. މީގެ އިތުރުން ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން އިން ކޮންމެ އަހަރަކުވެސް އިންތިޒާމް ކުރާ ފުޓްސަލް މުބާރާތަށް އެފް.އެސް.ސީ އިން ބައިވެރިކުރާ ޓީމު އެކުލަވައިލުމަށް ކުޅުންތެރިން ހޮވުމަކީވެސް މި މުބާރާތުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފެކަލްޓީ އޮފް ސައިންސްގެ ފިރިހެން ދަރިވަރުންނަށް އަމާޒު ކޮށްގެން ބޭއްވޭ މި މުބާރާތުގައި ފެކަލްޓީ އޮފް ސައިންސްގެ 5 ޓީމެއް ބައިވެރިވެފައިވެއެވެ. މީގެއިތުރުން ސޮސްގެ ހާއްސަ ދައުވަތަކަށް ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސްގެ ސޮސައިޓީ އޮފް އިސްލާމިކް ސްޓަޑީސް (އެސް.އައި.އެސް) ގެ ޓީމެއްވަނީ މުބާރާތުގައި ބައިވެރިވެފައެވެ.

އެފްއައިއެސްގެ ޓީމް އަދި އެފްސީ ބިސް ޕޮންޕޮން ބައްދަލުކުރި މެޗްގެ ތެރެއިން...

އެފްއައިއެސްގެ ޓީމް އަދި އެފްސީ ބިސް ޕޮންޕޮން ބައްދަލުކުރި މެޗްގެ ތެރެއިން…

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ވަނީ މިއަދު ހެނދުނު ކުޅެނިމިފައެވެ. ސެމީފައިނަލްގެ މެޗްތަށް މިއަދު ހަވީރު ކުޅޭއިރު ސެމީގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ދެވަނަ އެކްސްކޯޑް އާއި ގްރޫޕް އޭގެ އެއްވަނަ ޓީމް އައިޓީސް ބޯއީސްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ އެފް.އައި.އެސްގެ ޓީމާއި ގްރޫޕް އޭގެ ދެވަނަ ޓީމް ގްލިޗްއެވެ. ސެމީފައިނަލްގެ މެޗްތަށް ފަށަން ހަމަޖެހިފައިވަނީ ހަވީރު 04:00 ގައެވެ. މުބާރާތުގެ މެޗްތައް އޮންނާނީ ޕީކޭ ފުޓްސްލް ގްރައުންޑްގައެވެ.

އައިޓީސް ބޯއީސް އަދި ގްލިޗް ބައްދަލުކުރި މެޗްގެ ތެރެއިން...

އައިޓީސް ބޯއީސް އަދި ގްލިޗް ބައްދަލުކުރި މެޗްގެ ތެރެއިން…

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފުރިހަމަ އެއްބާރުލުމާއި އެކު ހިންގޭ މިމުބާރާތުގެ ފައިނަލް މެޗް ކުޅެވޭނީ 29 އޭޕްރީލް 2017 ވާ ހޮނިހިރު ދުވަހުގެ ރޭ 08:00 ގައެވެ. މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު  އޮންނާނީ ފައިނަލް މެޗަށްފަހުއެވެ. މުބާރާތުގައި ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމް އަދި ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ ހޮވާނެއެވެ

Leave a Reply

Your email address will not be published. Required fields are marked *

28Apr 2017

ސޮސައިޓީ އޮފް ސައިންސްގެ ފަރާތުން އިންތިޒާމް ކޮއްގެން ކުރިޔަށް ގެންދާ “އެފްއެސްސީ ފުޓްސަލް ފިއެސްޓާ 2017” ފެށިގެންކުރިއަށް އެބަދެއެވެ. މި މުބާރާތަކީ ފެކަލްޓީ އޮފް ސައިންސްގެ ދަރިވަރުންނަށް އަމާޒުކޮށް ކޮންމެ އަހަރަކުވެސް ސޮސް އިން ބާއްވަމުން އަންނަ ކުޅިވަރު މުބާރާތެކެވެ. މި މުބާރާތުގެ މަޤްޞަދަކީ އެފް.އެސް.ސީގެ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަދި ކުޅިވަރު ކުޅުމުގެ ރޫޙު ދަރިވަރުންގެ މެދުގައި އާލާކޮށް ދިރުވައި ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމެވެ. މީގެ އިތުރުން ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން އިން ކޮންމެ […]

06Aug 2016

5 އޯގަސްޓް،2016 ވީ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި، މުުރަކަ ފަރުތަކާ އިންސާނުންނާ ދެމެދުގައި ވާ މުހިންމު ގުޅުމާ ލާމެހުން ފާހަގަކުރުމަށްޓަކައި އާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ދިވެހި ސަރުކާރާއި، ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އަދި އިންޓަނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) އިން ވަނީ އިފްތިތާޙު ކޮއްފައެވެ. “މުރަކަ މީހުން”ގެ ނަމުގައި ހިންގާ މި ޤައުމީ ކެމްޕޭނުން މީހުންގެ ވައްޓަފާޅި ހެޔޮގޮތުގައި ބަދަލުކޮށް މުރަކަ ފަރުތަކަށް ދިމާވާ […]

31Jul 2016

ބީ.އެސް – އެފް.އެސް.ސީ ފުޓްސެލް ކަޕް 2016 ގެ ނަމުގައި ދިވެހި ގައުމީ ޔުނިވާސިޓީގެ ގެ ދެފެކަލްޓީ ކަމުގައިވާ  ބިޒްނަސް ސްކޫލް އަދި ފެކަލްޓީ އޮފް ސައިންސްގެ ދަރިވަރުން އިސްނަގައިގެން ފުޓްސެލް މުބާރާތެއް ބާއްވައިފިއެވެ. މިމުބާރާތް ބޭއްވުނީ ނިމިގެން ދިޔަ ޖުލައި މަހުގެ 27 ން 30 އަށް އެކުވެނި ވެލި ދަނޑުގައެވެ. މިމުބާރާތުގެ މައިގަނޑު މަޤްސަދަކީ ކުރިޔަށް އޮތް އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސެލް ފިއެސްޓަރ އަށް ދަރިވަރުން ތައްޔާރުކޮށް ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމެވެ. […]