ދިވެހިރާއްޖޭގެ  ޤައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ގޮފި “ހީލަރސް”އިން އިސްނަގައިގެންވަނީ  ވަރަށް ކުލަގަދަކޮށް ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް ފާހަގަ ކޮއްފައެވެ.  11 މެއި 2017ގެ 12:00ގައި  ކުރިއަށް ގެންގޮސްފައިވާ މިހަފްލާ ބާއްވާފައިވަނީ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ކޮންފަރެންސް ހޯލުގައި ފެކަލްޓީގެ އެންމެހާ ލެކްޗަރަރއިންނާއި ނަރުސް ކަމުގެ ދާއިރާއިން ތަޢުލީމު ޙާސިލް ކުރަމުން ގެންދާ އެންމެހާ ދަރިވަރުންގެ ހާޒިރުގައިއެވެ.

ޤުރުޢާނުގެ ބަރަކާތުން ޖަލްސާ ފައްޓައިދެއްވާފައިވަނީ  ބެޗެލަރސް އޮފް ނަރސިންގެ ދަރިވަރު ހަފްނާ ޝަކީބެވެ. އަދި ހަފްލާގެ އެޖެންޑާ ކިޔާދެއްވާފައިވަނީ  ހީލާސްގެ އެކަޑަމިކް ވައިސް ޕްރެޒިޑެންޓް  ޙަސަން ޝާޙް އަދި މީޑިއާ ކޯޑިނޭޓަރ ޢާއިޝަތު ޞަފްވާ ލުޠުފީއެވެ.

18342514_1395778163849572_5812474956494962990_n

ނަރުހުންގެ ދުވަހާއި ގުޅޭގޮތުން ހީލަރސްގެ ވީޕީ ވާހަކަ ދައްކަވަނީ

ުދުވަހާއި ގުޅޭގޮތުން ޙަސަން ޝާޙްވަނީ  ހީލާސްގެ އެކަޑަމިކް ވައިސް ޕްރެޒިޑެންޓްގެ ޙައިސިއްޔަތުން ވަޑައިންތިއްބެވި އެންމެހާ ހާޒިރީންނާއި މުޙާތަބުކޮށް ވާހަކަ ދައްކަވައި ދުވަހުގެ ތަހުނިޔާ ރައްދުކުރައްވާފައެވެ.    އަދި ހަމައެއާއިއެކު ނަރުސް ކުދިން ތަމްރީން ކުރުމުގެ ބުރަމަސައްކަތް  ކޮނޑުގައި އުފުއްލަވައިން ތިއްބެވި ނަރސިން ޑިޕާޓްމަންޓްގެ އެންމެހާ ލެކްޗަރާއިންނަށް އެބޭފުޅުން ކުރަމުންގެންދަވާ ބުރަމަސައްކަތުގެ އަގު ވަޒަންކޮށް ވަރަށް ޙާއްސަ ޝުކުރާއި މަރުޙަބާގެ ޤުލްދަސްތާއެއްވަނީ  ވަރަށް އަދަބުވެރިކަމާއެކު ރައްދުކުރައްވާފައެވެ.

މީގެއިތުރުން ޝާހުގެ ވާހަކަފުޅުގައި  ނަރސިން ދަރިވަރުންނަކީ  ހަމައެކަނި ފެކަލްޓީގައި ކިޔަވަމުންގެންދާ  ދަރިވަރުންނޫންކަމާއި ފެކަލްޓީއަށް ރަންވަނަ ހޯދާދޭ ދަރިވަރުންކަން ފާހަގަކޮށް އެދަރިވަރުންނަށް މަރުޙަބާއާއި ޝުކުރުއަދާ ކުރައްވާފައިއެވެ.  ޝާހުގެ ވާހަކަކޮޅު ނިންމާލައްވާފައިވަނީ  ހީލަރސްއަށް ނަރސިން ޑިޕާޓްމަންޓްގެ ފަރާތުން  ދެއްވަމުންގެންދާ  އެއްބާރުލުމަށް  ޝުކުރުއަދާކޮށް، އެފް.އެޗް.އެސް އަށް އަދަށްވުރެ ފަހި މާދަމާއެއް ދެއްވުމުގެ ހެޔޮދުޢާއާއިއެކުއެވެ.

ނަރސަސް ޑިޕާޓްމަންޓުގެ ފަރާތުން މެގަޒިން އިފްތިތާހް ކުރައްވަނީ

ނަރސަސް ޑިޕާޓްމަންޓުގެ ފަރާތުން މެގަޒިން އިފްތިތާހް ކުރައްވަނީ

  ނަރސަސް ޑިޕާޓްމެންޓުގެ ލެކްޗަރަރ އަލްފާޟިލާ ޙަފީޒާ އިބްރާހީމްވަނީ ނަރުހުންގެ ދުވަހާއި ގުޅޭގޮތުން ވާހަކަދައްކަވައި،  ނަރުސްކަމުގެ ދާއިރާއިން ތަޢުލީމު ޙާސިލްކުރަމުންގެންދާ ، އެންމެހާ ދަރިވަރުންނަށް  މަރުޙަބާއާއި ޝުކުރު އަދާކުރައްވާފައިއެވެ. އަދި  ހަމައެއާއެކު ދުވަހުގެ ޝިއާރު ކަމަށްވާ ‘ ނަރސަސް، އަ ވޮއިސް ޓު ލީޑް، އެޗީވިން ދަ ސަސްޓެއިނަބަލް ދިވެލޮޕްމަންޓް ގޯލްސް’ އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ “އައުޓްޕުޓް ރަނގަޅުވާނީ  ޓީމްވޯކް ރަނގަޅު ވެގެން” ކަމަށެވެ. ލެކްޗަރަރ ގެ ވާހަކަކޮޅު ނިންމާލަމުންވަނީ  ނަރުހުންގެދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްދެއްވިކަމަށްޓަކައިއާއި  އެފަދަ ޙާއްސަ މުނާސަބާއެއްގައި  މެގަޒިން އިފްތާޙްކޮށް ފެކަލްޓީގެ ދަރިވަރުންނާއި  މުޙާތަބުކޮށް ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި ޙީލަރސްއަށް ވަރަށް ޙާއްސަކޮށް  ޝުކުރުއަދާކުރައްވާފައެވެ.

 ހަފްލާ ނިމިގެންދިޔައީ ހީލަރސްގެ ފަރާތުން ނަރސަސް ޑިޕާޓްމަންޓަށް ދެއވި ސަޕްރައިޒް ކޭކް ފެޅުމުންނެވެ. ކޭކް ފަޅުމުގައި ބައިވެރިވެދެއްވާފައިވަނީ   ނަރސަސް ޑިޕާޓްމަންޓްގެ ލެކްޗަރަރއިންނާއި  ދަރިވަރުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *