ބަވަނަވީ ސިޔާސަތަށް ކިތަންމެބޮޑު ބަދަލެއް އައިސްފައިވީނަމަވެސް  ނަރުންގެ ހީވާގި މަސައްކަތަށް ކުޑަވެސް ބަދަލެއްއައިސްފައެއްނުވެއެވެ. ރެއާއި ދުވާލު  ޤައުމަށްޓަކައި، ދިރިއުޅެމުންދާ މުޖުތަމަޢަށްޓަކައި  ހޭދަކުރަމުންދާ ވަގުތުތަށް ގުނާއަދަދު ނުކުރެވުނުނަމަވެސް، އަދި ކުރަމުންދާ މަސައްކަތުގެ އަގު އޭގެ އެންމެ އެދެވޭގޮތުގައި  ވަޒަންނުކުރެވުނު ނަމަވެސް، ނަރުހުންވަނީ  ސާބިތުކަމާއިއެކު މަސައްކަތުގެ މާހައުލުގައި އެމީހުންނަކީ މުހިންމު ބައެއްކަން މުޖުތަމަޢަށް ޔަގީން ކޮއްދީފައެވެ.

ދިވެހިރާއްޖޭގެ ސަރުކާރީ ހޮސްޕިޓަލެއްކަމަށްވާ އައި.ޖީ.އެމް.އެޗް އަށް ނަޒަރު ހިންގާލުމުންވެސް ވަށައިގެން ފެންނަމުންދަނީ ނަރުހުންގެ ހީވާގިކަމާއި މަސައްކަތަށް ފަރުވާތެރިވާ މިންވަރެވެ. އަބަދުވެސް ބަލިމީހުންނަށް ހޭހަންކޮށްދިނުމުގައި  އަވަދިނެތި އުޅޭމަންޒަރެވެ.  ހާލުދެރަ، ބަލަދުވެރިއަކުނެތް  ބަލިމީހުންނަށް ކާންދޭނެ އަތެއްނެތްނަމަ، އެއަތްދިއްކޮއްލަން ތިބޭ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮންނާނީ ނަރުހުންގެނަމެވެ. ކަންމިހެންއޮތުމާއިއެކު، ނަރުހުންވަނީ  ގިނަ ހަރުފަތްތަކެއް ގިރާކޮށް، މުޖުމަޢު ބަލައިގަންނަފަދަ  ނަމޫނާބަޔަކަށްވެފައެވެ.

ދިވެހިރާއްޖެ ފަޙުރުވެރިވާން ޖެހޭނެކަމަކީ، ކޮންމެ އަހަރެއްގެމައްޗަށް ގާތްގަޑަކަށް 200 ނަރުހުން ތަމްރީންވެގެންދާއިރު، އެއީ ރާއްޖޭގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލް އަށް އެޅޭ އެންމެ މުހިންމުއެއް ބިންގަލެވެ.  އެހެންކަމަށްވުމާއެކު، މިއަހަރުގެ ނަރުހުންގެ ދުވަހަށް އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސަސްއިން ކަޑައަޅާފައިވާ ޝިއާރަކީ “ނަރސަސް: އަ ވޮއިސް ޓު ލީޑް، އެޗީވިން ދަ ސަސްޓެއިނަބަލް  ޑިވަލޮޕްމަންޓް ގޯލްސް”އެވެ.

          ކަން މިހެން އޮތް އިރު  މުޅިދުނިޔޭގައިވެސް  ޤައުމީ ތަރައްގީގެ އެންމެ މުހިންމު އެއްހަރުފަތަށް ނަރުހުންގެ ދާއިރާވެފައިވާކަމީ  ޝައްކެއްވެސް އޮތްކަމެއްނޫނެވެ. ސަބަބަކީ، އާރާސްތުވެފައިވާ  މިދުނިޔޭގައި ޞިއްޙީ ދާއިރާވަނީ އެތައް އިންސައްތައެއް ކުރިއަރައިފައެވެ. އަދި ނަރުހުންގެ ބޭނުންވަނީ އެތައްހާސް ގުނައެއް އިތުވެފައެވެ.  މީގެ ހެއްކެގޮތުގައި  ޑަބްލިއު. އެޗް.އޯ އިން އެކުލަވާލާފައިވާ، “ގްލޯބަލް ސްޓްރެޓެޖިކް ޑިރެކްޝަންސް ފޯ ސްޓްރެންތެނިން  ނަރސިން އެންޑް މިޑްވައިފަރރީ  2016-2020 “ފުދޭނެއެވެ.

ކަންމިހެންއޮތުމާއިއެކު، ޒިންމާދާރު ނަރުހުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ދުނިޔޭގެ އެކިކަންކޮޅު ތަކުގައިވެސް ވަނީ ކުރިއަށްގެންގޮސްފައިއެވެ. މިގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ، ފެކަލްޓީ އޮފް ހެލްތް ސައިންސަސްއިންވެސްދަނީ ކޮންމެ އަހަރެއްގެ މައްޗަށް އެތައްސަތޭކަ ނަރުހުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *