2016 ވަނަ އަހަރުގެ ސިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ބޭއްވި ހެލްތް ފެއަރ ގައި ހީލާރސް އިން  ހަރަކާތްތެރި ވެއްޖެއެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ބޮޑެތި މުއައްސަސާތަކެއް ބައިވެރި ކޮށްގެން ބޭއްވި މި ފެއާރ ގައި ހީލާރސް އިން ވަނީ ބޮޑު ރޯލެއް އަދާކޮށްފަ އެވެ.

ކޮންމެ މުއައްސަސާއަކަށް ސްޓޯލް އެއް ދީފައިވާއިރު ހީލާސް އިން އިސްނަގައިގެން ހީލާސް އަދި އެފް.އެޗް.އެސް ގެ ނަމުގައި ދެ ސްޓޯލް ހިންގާފައި ވެއެވެ. އަދި މީގެ އިތުރުން، އެހެނިހެން މުއައްސަސާ ތަކުގެ ސްޓޯލް ތަކުގައި ވޮލެންޓިއާރސް ގެ ގޮތުގައި އެފް.އެޗް.އެސް އަދި ހީލާރސް އިން ދިން ފުރުސަތަކަށް ގައުމީ ޔުނިވަރސިޓީގެ އެހެނިހެން ފެކަލްޓީ ތަކުގެ ދަރިވަރުން ހަރަކާތްތެރި ވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

“ހީލާރސް ހެލްތް ސްކޮރީނިންގް” އަދި “ހީލާރސް ޓައި އަ މެސެޖް ގެ ނަމުގައި ހީލާސް އިން ދެސްޓޯލް ހިންގާފައިވާއިރު “ހީލާރސް ހެލްތް ސްކްރީނިނގް” ގައި އައި.ޖީ.އެމް.އެޗް، ހުޅުމާލެ ހޮސްޕިޓަލް، ނޫސަންދަ، ސެނަހިޔާ އަދި ދަމަނަވެށި ހީލާރސްއާ އެކީ މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މި ސްކްރީނިންގައި 800 އަށް ވުރެ ގިނަ މީހުން ސްކްރީން ކުރެވި ސިއްހީ މައުލޫމާތު ފޯރުކޮށްދެވިފައިވެއެވެ.

ހީލާރސް ގެ ރައީސާ- ޙައްވާ ގުރައިޝާ ވިދާޅުވި ގޮތުގައި މިފަދަ ފުރުސަތެއް ލިބުމަކީ ހީލާރސް އަދި އެފް.އެޗް.އެސް އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ބޮޑެތި މުއައްސަސާ ތަކާ އެކީ މަސައްކަތް ކުރަން ލިބުމަކީ ހީލާރސް އަދި އެފް.އެޗް.އެސް ގެ ދަރިވަރުންގެ ހުނަރުތަށް ފެނި ކުރިއަށް އޮތް ތަނުގައިވެސް އެފް.އެޗް.އެސް ގެ ދަރިވަރުންނަށް މިފަދަ މުއައްސަސާތަކާއެކީ މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމެއްކަމުގައެވެ.