އެމްއެންޔޫ އެސްޔޫ ފަސްވަނަ ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްއެންޔޫގެ ފެކަލްޓީތަކާއި މަތީ ތައުލީމުދޭ އެހެން މުއައްސަސާތަކަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ހުށަހަޅާންވީ ގޮތުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

އެމްއެންޔޫގެ ފެކަލްޓީތައް
– ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 27 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެރޭ 21:00
– ޓީމް ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ 6 އޮގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ 16:00

ދައުވަތު ދެވިގެން ބައިވެރިވާ މަތީ ތައުލީމްދޭ އެހެން މުއައްސަސާތައް
– ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 3 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެރޭ 16:00
– ޓީމް ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ 6 އޮގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ 16:00

އެމްއެންޔޫ ޓީމްތަކުން ބައިވެރިވުމަށް އެދޭ ފޯމް ހުށަހަޅާނީ ޔޫނިއަންގެ އޮފީހަށެވެ. އެމްއެންޔޫ ޓީމްތަކުގެ ޓީމް ލިސްޓާއި ދައުވަތު ދެވިގެން ބައިވެރިވާ މަތީ ތައުލީމްދޭ އެހެން މުއައްސަސާތަކުން ފޯމް ހުށަހަޅާނީ ދަރިވަރުންގެ ޚިދުމަތްތަކާއި ބެހޭ ބަޔަށެވެ.

މުބާރާތް ކުރިއަށްދާނީ އޮގަސްޓް މަހުގެ 11 ން 26 އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވައިދު ޔޫނިއަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *