DSC_0439

2017ގެ ދެވަނަ ޓާމަށް އެފް.އެޗް.އެސްއަށް އަލަށް ގުޅުނު  ދަރިވަރުންނަށް މަރުޙަބާ ކިއުމުގެ ގޮތުން  ހީލަރސް ވެލްކަމް ނައިޓްގެ ނަމުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ސްޓޫޑެންޓްް  ޔޫނިއަންއިން އިސްނަގައިގެން   ސްޓޭޖް ޝޯއެއް ބާއްވައިފިއެވެ.   ރޭ 20:30ން 23:30 އަށް އެފް.އެޗް.އެސް ކޮންފަރރެންސް ހޯލުގައި ވަރަށް ކުލަގަދަކަމާއިއެކު ކުރިއަށްދިޔަ މި ސްޓޭޖް ޝޯ ޕްރެޒެންޓް ކޮއްދީފައިވަނީ ފެކަލްޓީގައި ތަޢުލީމު ޙާސިލުކުރަމުންދާ ، ޑިޕްލޮމާއިން ނަރސިންގެ ދެ ދަރިވަރުން، މަރިޔަމް ފައިސަލް އަދި  އަމްރާ އަޙުމަދެވެ .

DSC_0553

ސްޓޭޖް ޝޯގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ 5 ޑިޕާޓްމެންޓަކުން އެކިއެކި އައިޓަމްތައް ގެނެސްދީފައިިފައިވެއެވެ.ދިވެހި ސަޤާފަތާއި ގުޅުންހުރި ގިނައައިޓަމްތައް ގެނެސްދީިފައިވާއިރު ޒަމާނީ ފޯރިގަދަ އައިޓަމްތަށްވަނީ  އެކި ބެޗްތަކުން ގެނެސްދީފައިއެވެ. މީގެ ތެރޭގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އެޑްމިނިސްޓްރޭޓިވް ޑިޕާރޓްމެންޓުގެ ސްޓާފުންގެ ދެއައިޓަމެއްވަނީ ސަޕްރައިޒެއްގޮތުގައި ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިއެވެ.

މި ސްޓޭޖް ޝޯގައި  ހުށަހަޅައިދިން ހަރަކާތްތަކުން އެންމެ ފުރިހަމަ ހަރަކާތް ހޮވާފައިވަނީ އެފް އެޗް އެސްގެ ހަތަރު ޑިޕާޓްމަންޓްގެ ދަރިވަރުން ހިމެނޭ ޖަޖުންގެ ޕެނަލްއަކުންނެވެ. މިގޮތުން ހުރިހާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރިހަމަކަމަށް ޖަޖުން ހޮވާފައިވަނީ  ބެޗެލަރސް އިން ޕްރައިމަރީ ހެލްތު ކެއަރގެ ހަތް ވަނަ ސެމެސްޓަރ ގެ ދަރިވަރުން ހުށަހަޅައިދިން އައިޓަމެވެ. އަދި ދެވަނަ ލިބިފައިވަނީ އެޑްވާންސް ސެޓިފިކެޓް އިން  ނަރސިން ގެ ފުރަތަމަ ސެމިސްޓަރގެ ދަރިވަރުންގެ އައިޓަމެވެ. ބެޗެލަރސް އޮފް ޕްރައިމަރީ ހެލްތު ކެއަރގެ  ހަވަނަ ސެމިސްޓަރގެ ދަރިވަރުން ތިން ވަނަ ހާސިލް ކޮއްފައިވާއިރު އެހެން އައިޓަމްތައްވެސް ވަރަން ފުރިހަމަކަމަށް ބެލުންތެރިންގެ ސަޕޯޓުން ހާމަވެގެންދިޔައެވެ. މި ޝޯ ނިމުމުގެ ގޮތުން އެފް އެޗް އެސް ގެ ފިރިހެން ދަރިވަރުންގެ ފަރާތުން ސަޕްރައިޒް އައިޓަމެއްގެ ގޮތުގައި ވަރަށް ފުރިހަމަ ބަނޑިޔާ ޑާންސެއްވަނީ ހުޝަހަޅައި ދީފައެވެ.

މިޝޯގައި ހަރަކާތްތައް ހުށަހަޅައިދީފައިވާ ބެޗް ތަކުގެ އިތުރުން، ހީލަރސް ހީނާ ކޮމްޕެޓިޝަންގެ ނަމުގައި މިދިޔަ މާރޗް މަހު ކުރިއަށް ގެންދިޔަ ހަރަކާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ސެޓްފިކެޓާއި،  ވަވުޗަރވެސްވަނީ ހަވާލުކޮއްފައެވެ.

ހީލަރސް ހީނާ ކޮމްޕެޓިޝަންގައި އެއްވަނައަށް ހޮވުނު ފަރާތް ވަވުޗަރއާއި ހަވާލުވަނީ

ހީލަރސް ހީނާ ކޮމްޕެޓިޝަންގައި އެއްވަނައަށް ހޮވުނު ފަރާތް ވަވުޗަރއާއި ހަވާލުވަނީ

ފޯރިގަދަކޮށް ކުރިއަށް ދިޔަ މި ސްޓޭޖް ޝޯގައި ފެކަލްޓީއާއި އަލަށް ގުޅުނު ދަރިވަރުން އިސްނަގައިގެން  އައިޓަމެއް ހުޝަހަޅައިފައިވާއިރު އަލަށް އެފް އެޗް އެސް އަށް ހޮވުނު ދަރިވަރުންނާއި އެހެން ދަރިވަރުންނާއި ގުޅުން ބަދަހިވެ އެކުވެރިކަން އާލާވެގެންދިޔަކަން ފާހަގަކުރެވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *