11Mar 2017

ފެކަލްޓީގައި ކިޔަވާ ދަރިވަރުންނަށް ފެކަލްޓީން ބޭރަށް ނުގޮސް، ފެކަލްޓީގެ ތެރެއިން އިންޓަވަލް ކުރުމުގެ ޚިދުމަތް ދިނުމުގެ މަޤްޞަދުގައި ސިސް އިން ހިންގާ ފިހާރައެކެވެ. މި ޚިދުމަތް ދަރިވަރުން ބޭނުންކުރަމުން ދަނީ ނުހަނު އުފަލާއެކުއެވެ.  މި ޚިދުމަތް ދެމިއޮތުމުގައި ފާހަގަ ކުރެވޭ އެންމެ މުހިންމުކަމަކީ މި ފެކަލްޓީގައި ކިޔަވާ ދަރިވަރުންގެ އަމާނާތް ތެރިކަމާއި، ތެދުވެރިކަމާއި، އިޚްލާޞްތެރިކަމެވެ.  ސަބަބަކީ މިފިހާރައިން ތަކެތި ގަންނަން ބޭނުންވާ ދަރިވަރުން، އެއެއްޗެއްގެ އަގަށްވާ ފައިސާ މި ފިހާރައިގައި ބެހެއްޓިފައިވާ ފޮއްޓަށް ލުމަށްފަހު އެ ޚިދުމަތް […]

11Mar 2017

މި ބައްދަލުވުމުގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެންދާނެކަމަށް ޑީން ވިދާޅުވިއެވެ! ޖަމްޢިއްޔާގެ އެހީތެރިކަމުގެ ބޭނުންތެރިކަން ފާހަގަކުރެއްވި އެވެ! ޙަރަކާތްތައް ކުރިއަށް ގެންދާނެ ގޮތްތަކާމެދު މަޝްވަރާދެއްވިއެވެ! ޑީންގެ ތަޖުރިބާވެސް ޙިއްސާކުރެއްވައި ސިސް އަށް ކުރެވިދާނެކަންކަމުގެ ޚިޔާލު ދެއްވައި ހުޅުވިފައިވާ ދޮރުތައް ބުނެދެއްވިއެވެ. ބުރާސްފަތި ދުވަހު އެފް އައި އެސް(ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް) ގައި ކުރިއަށް ދިޔަ މި ބައްދަލު ވުމުގައި އަދި ވެސް އިތުރު އެތައް ކަމެއްގެ ޚިޔާލު ފިސްގެ ޑީން ދެއްވިއެވެ

08Mar 2017

އުޖާލާރާސްތާއަކަށް އުއްމީދީ މަގު ވިލަރެސް ކުރުމުގެ ވިސްނުމުގައި ތިއްބެވި ފަރާތްތަކުގެ އާއުއްމީދީ ނިންމެވުން ތަކެއް ރޭގެ ސިސް ގެ ބައްދަލުވުމުގައި ނިމިގެން ހިނަގައްޖެ އެވެ. މި ގޮތުން ފާއިތުވި އަހަރުވެސް ކުރިއަށް ގެންދިޔަ މުހިއްމު ޙަރަކާތް ތައް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ސިސް ގެ އެއްމެހައި މެމްބަރުން ވަނީ އިއްތިފާޤު ވެފައެވެ. އަދި ފާއިތުވި އަހަރަށް ވުރެ މިއަހަރު ސިސްގެ ގިނަޙަރަކާތް ތަކެއް ހިންގުމަށް ވަނީ ތާވަލުކުރެވިފައެވެ. މިގޮތުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޙަރަކާތް […]

01Mar 2017

ސިސްގެ މިދައުރުގެ ތަޢާރަފް ވުމުގެ ބައްދަލުވުން މާރިޗް 1 ވީ ބުދަދުވަހު ބާއްވައި ފައި ވަނީ ސިސްގެ ފާއިތުވެ  ދިޔަ 2 ދައުރުގެ ރައީސުން ކަމަށް ވާ ސަޢީދު އަޠުހަރު އަދި ރާމިޒް އަބޫބަކުރު ގެ ޙާޒިރުގައެވެ. މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިދައުރުގެ ރައީސް ޢަލީ މިންހާނުއެވެ. މިބައްދަލުވުމުގައި ސިސްގެ އެކި މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ ތަޢާރަފް ވުން ކުރިއަށް ދިޔައެވެ. މިގޮތުން މިދައުރުގެ ޢިލްމީ ގޮފީގެ ނައިބު ރައީސަކީ މުޙައްމަދު ޚާޝިދު، ޙަރަކާތްތަކުގެ ނާއިބު ރައީސަކީ […]