09Mar 2017

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަނގަކުރުމުގެ ގޮތުން  ދަރިވަރުންގެ ޔޫނިއަންގެ  ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ  ގޮފި  “ހީލާރސް”ގެ ފަރާތުން ބޭއްވި ހީނާ ކުރެހުމުގެ މުބާރަތް މިއަދުވަނީ ހީވެސްނުކުރާހާ ކާމިޔާބު ކަމާއިއެކު ނިންމާލާފައެވެ. ފަންޑް ރައިޒިން އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 08 އަދި 09 މާރޗް 2017ވީ ބުދަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 06:00އަށް ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ކޮންފަރެންސް ހޯލް ކުރިމަތީގައެވެ. ދެދުވަހަށް ކުރިއަށް […]

08Mar 2017

ހީލާސް ހީނާ ކޮމްޕެޓިޝަންގެ ނަމުގައި ހީނާއިން ކުރެހުމުގެ މުބާރާތެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއެއްކަމަށްވާ، ފެކަލްޓީ އޮފް ހެލްތް ސައިންސް( އެފް.އެޗް.އެސް) ގައި މިއަދު ހެނދުނު 09އިން ހަވީރު 06އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުބާރާތަކީ އެފް.އެޗް.އެސްގެ ހިންގާ ކޮމިޓީ ކަމަށްވާ ހީލަރސްއިން އިސް ނަގައިގެން ފަންޑްރައިޒިން އިވެންޓެއްގޮތަށް ކުރިއަށްގެންދާ މުބާރާތެކެވެ މި މުބާރާތް ކުރިއަށް ގެންދިއުމުގެ މައިގަނޑު އެއް މަޤުޞަދަކީ، މިއަދަކީ ބަޢިނަލްޤުވާމީ ގޮތުން ފާހަނގަކުރާ  އަންހެނުންގެ ދުވަސް ކަމަށްވުމާއިއެކު، މިފެކަލްޓީގައި ތަޢުލީމު ޙާސިލް […]

26Feb 2017

ހީލާސް ވިމެންސް ފުޓްސަލް ގާލާ 2017: ވަންޑޭ ކަޕްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 17:00 ގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ކޮންފަރެންްސް ހޯލްގައެވެ. މި ރަސްމިއްޔާތުގައި ވަނަވައަށް ދިޔަ ޓީމްތަކަށާއި ކުޅުންތެރިންނަށް މެޑަލާއި ތަށި އަދި ސެޓިފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ޖޭއެފްއެމްގެ ޑައިރެކްޓާ-މާކެޓިން އެންޑް އޮޕަރޭޝަން ގުރެއިޝާއެވެ.   މުބާރާތުގެ ވަަނަ ތަކަށްް ގޮސްފައިވާ ފަރާތްތައް މުބާރާތުގެ ޗެމްޕިއަން ޓީމް- އިމުނިޓީ އޭ ރަނައަޕް- ހަންޓާސް ތިންވަނަ- […]

25Feb 2017

ހުކުރު ދުވަހުގެ ރޭ ކުޅުނު ހިލާސް ވިމެންސް ފުޓްސަލް ގާލާ 2017: ވަންޑޭ ކަޕް ގެ ފައިނަލްގައި ހަންޓާސްއާ ވާދަ ކޮށް އިމުއިނިޓީ އޭ މުބާރާތް ކާމިޔާބު ކޮށްފައިވަނީ ޕެނަލްޓީ ގައި 2-1 ގެ ނަތީޖާ އަކުން ކުރިހޯގައިގެންނެވެ. މެޗްގެ ފުރަތަމަ ހާފްގައި  ހަންޓާސްވަނީ މެޗްގެ ލީޑްނަގައިފައެވެ. ނަމަވެސް  ދެވަނަ ހާފްގައި އިމުނިޓީ އޭ ވަނީ ކުޅުން ރަނގަޅު ކޮށް ހަންޓާސް އަށް ޕްރެޝަރުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެެޗްގެ ދެވަނަ ހާފުގެ ފަހު 5 މިނެޓް ތެރޭގައި […]

24Feb 2017

ހީލާސް ވިމެންސް ފުޓްސަލް ގާލާ 2017: ވަންޑޭ ކަޕްގެ ފައިނަލްގެ ޖާގައެއް ހަންޓާސް އިން ކަށަވަރުކުރީ ސެމީފައިނަލްގައި ނިއުރޯންސްގެ މައްޗަށް 2-0 ގެ ސުކޯއަކުން ކުރި ހޯދައިގެންނެވެ. ވާދަވެރި ރީތި ކުޅުމެއް ދެ ޓީމްގެ ފަރާތުން ފެނިގެން ދިޔަ މި މެޗްގައި ދެ ޓީމަށްވެސް ގޯލް ޖަހާނެ ރީތި ފުރުސަތުތައް ލިބިގެން ދިޔައެވެ. ސެމީފައިނަލްގެ ދެވަނަ މެޗްގައި އިމުނިޓީ އޭ އަދި އެމް.އެލް.ޓީސް ވާދަ ކުރި މެޗް އިމުނިޓީ އޭ ކާމިޔާބު ކޮށްފައިވާނީ 2-1 ގެ ނަތީޖާއަކުން […]

24Feb 2017

ހީލާސް ވިމެންސް ފުޓްސަލް ގާލާ 2017: ވަންޑޭ ކަޕް ގެ ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވީ މިއަދު ހަވީރުގެ މެޗްތަކަށް ފަހުއެވެ. މި މުބާރާތުގެ ސެމީފައިނަލްއަށް ހަންޓާސް، ނިއުރޯންސް އަދި އިމުނިޓީ އޭ ދަތުރުކުރީ ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. އެމްއެލްޓީސް މުބާރާތުގެ ސެމީފައިނަލްއިން ޖާގައެއް ކަަށަވަރު ކުރީ އެންމެ މޮޅު ރަނަރއަޕް ޓީމްގެ ގޮތުގައި 4 ޕޮއިންޓް ހޯދައިގެންނެވެ.   ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ވާދަ ކުރާނީ ގުރޫޕް އޭގެ އެއްވަނަ އާއި ގުރޫޕް ބީ  […]

24Feb 2017

ހުކުރު ދުވަހުގެ ހެނދުނު 7 ޖެހި އިރު ފެށި މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކޮށްފައިވަނީ ހަންޓާސް އަދި އިމުއިނިޓީ ބީ އެވެ. ފޯރިގަދަ ކުޅުމެއް ދެ ޓީމްގެ ފަރާތުން ފެނިގެން ދިޔަ މި މެޗްގައި ގިނަ ގޯލްތަކެއް ފެނިގެން ދިޔައެވެ. މި މެޗް ކާމިޔާބު ކޮށްފައިވަނީ ހަންޓާސް ޓީމްއިން 5-0 ގެ ނަތީޖާ އަކުންނެވެ.   މުބާރާތުގެ ހެނދުނުގެ އެހެން މެޗްތަކަށް ބަލާލާއިރު ގުރޫޕް ބީގެ އެމް.އެލް.ޓީސް އަދި ނައިޓިންގޭލް ބައްދަލު ކުރި މެޗް […]

22Feb 2017

ހީލާސް ވިމެންސް ފުޓްސަލް ގާލާ 2017 ގެ ގުރުއަތުލުން ބާއްވަފައިވަނީ ފެބްރުއަރީ 22 ވީ ބުދަ ދުވަހުގައި ބޭއްވި ގިުރުއަތުލުމުމުގެ ރަސްމިއްޔާތުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ކިލާސް ރޫމެެއްގައެވެ. ޖުމުލަ ނުވަ ޓީމެއް ބައިވެރިވި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ގުރޫފަކަށް ޓީމްތަށް ބަހައިލައިގެން ގުރޫޕްގެ އެއްވަނަ ސެމީފައިނަލް އަށް ދަތުރުކުރާ ގޮތަށެވެ.ސެމީފައިނަލްގައި ވާދަ ކުރާ ހަތަރުވަނަ ޓީމްއަކަށް ވަނީ އެންމެ މޮޅު ދެވަނައަށް ދާ ޓީމެކެވެ. ގުރޫޕްތައް ބެހިފައިވާ ގޮތް ގުރޫޕް އޭ […]

19Feb 2017

އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީ މުބާރާތުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޓީމްތަކުން ހޯދައިފައިވާ އަދި ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ސަޕޯޓަރުންކަމަށް ހީލާސް ނާއިބު ރައީސާ އަދި ފައިނަލްގައި މިރޭ ވާދަކުރާ އަންހެން ޓީމްގެ މެނޭޖަރ ފާތިމަތު އަނާ ފާހަގަ ކޮށްފިއެވެ.   ފައިނަލް މެޗަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުަން ވާހަކަ ދައްކަމުން އާނާ ފާހަގަކުރި ގޮތުގައި ކުރީ އަހަރުތަކުގެ ސަޕޯޓިން ޓީމަށް ވުރެ މި އަހަރުގެ ސަޕޯޓިން ޓީމް ވަރުގަދަ […]