11May 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެސް.އީ.ޓީ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި އެސް.އީ.ޓީ ފުޓްސަލް މޭނިއާ 2017ގެ ޗެމްޕިއަންކަން “ރެފިއުޖީސް” ހޯދައިފިއެވެ. 29 އޭޕްރީލް 2017ވީ ހޮނިހިރުދުވަހުގެ ހަވީރު 04.00ގައި ކުޅެވުނު ފައިނަލް މެޗުގައި “ރެފިއުޖީސް” ބައްދަލުކުރީ “އެރީ ކެޓީ” އާއި ދެކޮޅަށެވެ. ފޯރިގަދަ ކުޅުމަކަށްފަހު “ރެފިއުޖީސް”އިން މި މެޗު ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ފައިނަލު މެޗު ޝަރަފުވެރިކޮށްދެއްވީ އެމް.އެން.ޔޫ.އެސް.ޔޫގެ ޢިލްމީ ނައިބު ރައީސް އަލްފާޟިލް ޝާފިޢު އަޙުމަދެވެ. މީގެ އިތުރުން ޝަރަފުވެރިންގެ ގޮތުގައި ބީ.އެސް.އެސް.އޭގެ […]

11May 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެސް.އީ.ޓީ)އިން އިންތިޒާމުކޮށްގެން ބާއްވާ “އެސް.އީ.ޓީ ފުޓްސަލް މޭނިއާ 2017″ގެ ނިންމާލުމުގެ ރަސްމިއްޔާތު ފެށުމުގެ ގޮތުން ކުޅޭ މެޗެއްގެ ގޮތުގައި އެސް.އީ.ޓީގެ އަންހެން ޓީމާއި އެސް.އެސް.އެލްގެ އަންހެން ޓީމުން އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފިއެވެ. މި މެޗު ކުޅުނީ 29 އޭޕްރީލް 2017ވީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 03.30 ގައި އެސް.އީ.ޓީ ފުޓްސަލް މޭނިއާ ހިނގަމުންދާ “ބީ.ޖީ ސްޕޯރޓްސް ކްލަބް”ގެ ފުޓްސަލް ދަނޑުގައެވެ. މި މެޗަކީ އެސް.އީ.ޓީއިން އިންތިޒާމު ކޮށްގެން ބޭއްވި “އެސް.އީ.ޓީ […]

11May 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެސް.އީ.ޓީ)ގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ “އެސް.އީ.ޓީ ފުޓްސަލް މޭނިއާ 2017″ގެ ސެމީ ފައިނަލް މެޗުތައް ކުޅެފިއެވެ. 29 އޭޕްރީލް 2017ވީ ހޮނިހިރު ދުވަހުގެ ހެނދުނު 09.00 ން 10.00 އަށް ކުރިއަށް ދިޔަ މި 2 މެޗުވެސް ކުޅެފައިވަނީ މުބާރާތް  ކުރިއަށްދާ “ބީ.ޖީ ސްޕޯރޓްސް ކްލަބް”ގެ ފުޓްސަލް ދަނޑުގައެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި “ރެފިއުޖީސް” އަދި “އެފް.ސީ އަލްފަ” ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 4-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ […]

11May 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެސް.އީ.ޓީ)އިން އިންތިޒާމުކޮށްގެން ބާއްވާ “އެސް.އީ.ޓީ ފުޓްސަލް މޭނިއާ 2017″ގެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅެ ނިމިއްޖެއެވެ. “ބީޖީ ސްޕޯރޓްސް ކްލަބް”ގެ ފުޓްސަލް ދަނޑުގައި ކުޅެވޭ މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅުނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން 28 އޭޕްރީލް 2017ވީ ހުކުރު ދުވަހުގެ ހެނދުނު 08.00 ން 11.00 އަށް 5 މެޗު ކުޅެފައިވާ އިރު، ބާކީ 4 މެޗު ކުޅެވިގެންދިޔައީ ހަމަ އެދުވަހުގެ މެންދުރުފަހު 03.00 ން […]

25Apr 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ފަރާތުން ބާއްވަން ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ 25 އޭޕްރީލް 2017ވީ އަންގާރަދުވަހުގެރޭ 08.00ގައި ޞަލާޙުއްދީން ބިލްޑިންގ ގެ “ސިވިލް ސްޓޫޑިއޯ”ގައެވެ. މުބާރާތް ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 7 ޓީމު 2 ގުރޫޕަކަށް ބަހާލުމަށްފަހު ކޮންމެ ގުރޫޕަކުން 2 ޓީމު ސެމީ ފައިނަލަށްދާ ގޮތަށެވެ. މި މުބާރާތުގައި އެފް.އީ.ޓީ އިން ޖުމްލަ 6 ޓީމު ބައިވެރިވެފައިވާއިރު ޚާއްޞަ ޓީމެއްގެ ގޮތުގައި […]

25Apr 2017

“އަޅުގަނޑުމެން މިތިބީ ހަމައިގައޭ އިނގޭތޯ؟” މިއީ 2017 ވަނަ އަހަރު އެމް.އެން.ޔޫ.އެސް.ޔޫ (މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ސްޓޫޑެންޓްސް ޔޫނިއަން)އިން ބޭއްވި “އިންޓަރ ފެކަލްޓީ ބަހުސް މުބާރާތު”ގައި އެފް.އީ.ޓީގެ ޓީމުގެ ބައިވެރިޔަކު އިދިކޮޅު ޓީމަކާ މުޚާޠަބު ކުރައްވާ ވިދާޅުވި ބަސްކޮޅެކެވެ. އެހެންވެސް ވެދާނެއެވެ. އެފް.އީ.ޓީ ޓީމުގައި ތިބީ ހަމަ ޔަޤީނުންވެސް ވަރަށް ކުޅަދާނަ އަދި ވަރަށް ހިތްވަރުގަދަ ކުދިންކޮޅެކެވެ. އެ ކުދިންކޮޅު ހަމައިގައި ނުތިބޭނޭކަމަކަށް އަޅުގަނޑުވެސް ޤަބޫލެއްނުކުރަމެވެ. އެހެން ނަމަވެސް ދަންނަވަން މި އުޅެނީ އެހެން ވާހަކައެކެވެ. އެފް.އީ.ޓީ […]

16Apr 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ “އެސް.އީ.ޓީ ފުޓްސަލް މޭނިއާ 2017″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 28 އަދި 29 އޭޕްރީލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އެފް.އީ.ޓީގައި މިއަހަރު ތަޢުލީމު ޙާޞިލުކުރަމުން އަންނަ ފިރިހެން ދަރިވަރުންނަށެވެ. މަދުވެގެން 7 ކުޅުންތެރިންނާއެކު ޓީމެއް އެކުލަވާލުމަށްފަހު ބައިވެރިވެވޭގޮތަށް އިންތިޒާމު ކުރެވިފައިވާ މި މުބާރާތަކީ އެސް.އީ.ޓީގެ ފަރާތުން ފުރަތަމަ ސެމިސްޓަރގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޙަރަކާތެވެ. މުބާރާތަށް ޓީމު ލިސްޓު ހުށަހެޅުމުގެ […]

12Apr 2017

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ، ފައުންޑޭޝަން ސްޓަޑީޒްގެ ގޮފި، “ތަރަޙަ” އާއި އެކު ބޭއްވި ބައްދަލުވުމާއެކު، ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ވިންގްސް ބޯންޑިންގ 2017ގެ 5 ވަނަ ބައްދަލުވުން ނިމިއްޖެއެވެ. ފައުންޑޭޝަން ސްޓަޑީޒްގެ A4-14 ކްލާސްރޫމުގައި ބޭއްވި މި ބައްދަލުވުން ބޭއްވުނީ 11 އޭޕްރީލް 2017ވީ އަންގާރަދުވަހުގެރޭ 08:30ގައެވެ. މި ބައްދަލުވުމުގައި “ތަރަޙަ”އިގެ ހިންގާ ކޮމިޓީގެ 5 މެންބަރުން ބައިވެރިވިއިރު، އެސް.އީ.ޓީގެ ހިންގާ ކޮމިޓީގެ 2 މެންބަރުންގެ އިތުރުން އެސް.އީ.ޓީގެ ހިންގާ ކޮމިޓީގެ އެޑްވައިޒަރީ […]

11Apr 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ފަރާތުން އެމް.އެން.ޔޫ.އެސް.ޔޫގެ މާލޭ ކެމްޕަހުގެ ކޮންމެ ގޮތްޕަކާއެކު ބައްދަލުވުމެއް ބޭއްވުމަށް ހިންގާ ޙަރަކާތެއްކަމަށްވާ “އެސް.އީ.ޓީ ވިންގްސް ބޯންޑިންގ 2017″ގެ 4 ވަނަ ބައްދަލުވުން ބާއްވައިފިއެވެ. ފެކަލްޓީ އޮފް އާރޓްސްގެ އެމް.އެން.ޔޫ.އެސް.ޔޫ ގޮފި “ސިއާ” އާއި އެކު ބޭއްވުނު މި ބައްދަލުވުން ބޭއްވުނީ 08 އޭޕްރީލް 2017ވީ ހޮނިހިރު ދުވަހުގެރޭ 08:30ގައެވެ. މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ “ސިޓްރޯން ބައި ލެމަން ގްރާސް”ގައި ބޭއްވުނު މި ބައްދަލުވުމުގައި “ސިއާ”ގެ ހިންގާ ކޮމިޓީގެ 3 […]