09Apr 2017

ފެސާއިން މިއަހަރުގެ ދެވަނަ ޢާއްމު ބައްދަލުވުން ބާއްވައިފިއެވެ. މިބައްދަލުވުން ބާއްވާފައިވަނީ އެފް.އީ އޮޑިޓޯރިއަމްގައެވެ. މިބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މިސެމިސްޓަރގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ކަންތައްތަކާއި ބެހޭގޮތުން ކުދިންނާއި ޙިޔާލު ބަދަލުކޮށް މަޝްވަރާ ކޮއްލުމެވެ. މިބައްދަލުމުގައި ކުދިންނާއި މުޙާޡަބު ކޮށްފައިވަނީ ފެސާގެ ރައީސާ މާޝާ މުސްޡަފާއެވެ. ފެކަލްޓީ އޮފް އެޑިއުކޭޝަންއަކީ މުދައްރިސުން ތަމްރީންކުރާ ތަނެއް ކަމުން ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުލަގަދަ ޙަރަކާތްތަކެއް ހިންގައެވެ. ކުޑަކުދިންގެ ދުވަސް ކައިރިވެފައިވާތީ، މިބައްދަލުވުމުގައި އެންމެ އިސްކަންދީގެން މަޝްވަރާ ކުރެވިފައިވަނީ […]

07Apr 2017

ފެސާއިން މިއަހަރުގެ ފުރަތަމަ “މޫވީ ނައިޓް” މިރޭ (6 އޭޕްރިލް 2017) ބާއްވައިފިއެވެ. މި މޫވީ ނައިޓްގައި ދައްކާފައިވަނީ “ލަޔަން” އެވެ. މި ފިލްމްއަކީ ހަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމްއަކަށް ވާއިރު، ވާހަކައިގެ ސަބަބުންވެސް މި ފިލްމް ވަނީ ގިނަބައެއްގެ މަޤްބޫލުކަން ހޯދާފައެވެ. މި ފިލްމް ދައްކާފައިވަނީ އެފް.އީ އޮޑިޓޯރިއަމްގައެވެ. މިއީ ފެސާއަށް ފަންޑްރެއިޒް ކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ހަރަކާތަކަށްވާތީ، ފިލްމް ކުރިޔަށް ދިޔަގަޑީގައި ކެންޓީންގެ ޙިދުމަތްވެސް ލިބެންހުރިކަން ފާހަގަ ކޮށްލަމެވެ.  މި […]

25Mar 2017

ފެސާ އާއި އެމް.އެން.ޔޫ.އެސް.ޔޫ ގުޅިގެން 2017 ވަނަ އަހަރުގެ އާރތް އަވަރ ފާހަގަކޮށްފިއެވެ. މި ހަރަކާތް އިންތިޒާމް ކޮށްފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން (ފެސާ) އިންނެވެ. ފެސާއިން އިސްނަގައިގެން މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ 25 މާރޗް 2017 ވީ ހޮނިހިރު ދުވަހުގެރޭ 08:00 އިން 09:00 އަށް މާފަންނު މަދަރުސާގެ ހޯލުގައެވެ.     ފެސާއިން ވަނީ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އެމް.އެން.ޔޫ.އެސް.ޔޫ ގެ މެންބަރުންނަށާއި ދަރިވަރުންގެ ޔޫނިއަން ގެ ގޮފިތަކުގެ […]

17Mar 2017

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ސްޓޫޑަންޓް ޔޫނިއަން (MNUSU) އިން އިސްނަގައިގެން މި އަހަރު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރ-ފެކަލްޓީ ނެޓްބޯޅަ މުބާރާތުގެ ފަރިތަކުރުންތައް FE އިން ފަށައިފިއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގަމުންދާ މާރޗް މަހު 29 ވަނަ ދުވަހުއެވެ. މިއަދު ހެނދުނުގެ ފަރިތަ ކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 8:30 ން 9:30 އަށް “ސޯޝަލް ސެންޓާރ” ގެ ބޭރު ކޯޓުގައެވެ. 11 ކުޅުން ތެރިންއާއި އެކު ފެށި ފަރިތަކުރުންތައް ކުރިއަށް […]

14Mar 2017

އިންޓަރ-ފެކަލްޓީ ނެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަރިވަރުންނާއެކު ފެސާ އިން ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ 14 މާރޗް 2017 ވީ އަންގާރަ ދުވަހުގެ މެންދުރު 02:30 ގައި (B1 study area) ގައެވެ. ނެޓްބޯޅަ ކުޅުންތެރިންނާ މުހާތަބުކޮށް ފެސާގެ ރައީސާ މާޝާ މުސްތަފާ ދެންނެވީ ނެޓްބޯޅައިގެ ގަވައިދު ބުނާގޮތުން ކޮންމެ ފެކަލްޓީއަކަށް ވެސް ނެރެވޭނީ އެންމެ ޓީމެއް ކަމަށެވެ. ގިނަ އަދަދެއްގެ ދަރިވަރުން މި ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ޓީމްގެ ފަސްޓް އެއިޑް، […]

12Mar 2017

ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑަންޓް އެސޯސިއޭޝަން (ފެސާ ) ގެ ވަކި ބެޗް ތަކުގެ ދަރިވަރުންނާއި ބައްދަލު ކުރުމުގެ ސިލްސިލާ ބައްދަލުވުމުގެ ތިން ވަނަ ބައްދަލުވުން ބެޗެލާރސް އޮފް  އާޓްސް  އިން ޓީޗިންގް އިންގްލިޝް ( 2016 ) ގެ ދަރިވަރުންނާއި އެކު މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ 12 މާރޗް 2017 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގައި ފެކަލްޓީ އޮފް އެޑިއުކޭޝަން ގެ ކްލާސްރޫމެއްގައި އެވެ. ފެސާ ގެ ފަސް މެމްބަރުންގެ އިތުރުން […]

12Mar 2017

   ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން (ފެސާ) ގެ ވަކި ވަކި ބެޗްތަކާއި ބައްދަލުކުރުމުގެ ސިލްސިލާ ބައްދަލުވުމުގެ ދެވަނަ ބައަދަލުވުން ބެޗެލަރ އޮފް އެޑިއުކޭޝަން ޕްރައިމަރީ 2017 ގެ ބެޗްއާއި އެކު ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު (12 މާރޗް 2017 ) ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކްލާސްރޫމެއްގައެވެ.     މި ބައްދަލުވުމުގައި ދަރިވަރުންނާއި މުޚާތަބުކުރައްވާފައިވަނީ ފެސާގެ އެޑްވައިސަރީ ކޮމިޓީގެ މެމްބަރު އަރުޝަދު އަޝްރަފް އެވެ. ފެސާގެ 4 […]

09Mar 2017

 މޯލްޑިވްސް ގާރލްގައިޑްސް އެސޯސިއޭޝަން (MGGA) އިން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އަންހެން ދަރިވަރުންނާއިއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މެންދުރު އެފް.އީ ގެ އޮޑިޓޯރިއަމްގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ފެކަލްޓީ އޮފް އެޑިއުކޭޝަން އާއި މޯލްޑިވްސް ގާރލްގައިޑްސް އެސޯސިއޭޝަންއާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައިޑް ލީޑާރސް ތަމްރީނު ކުރުމުގެ ޕްރޮގްރާމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ދިނުމެވެ.    އެމް.ޖީ.ޖީ.އޭ ގެ އިންޓަރ ނޭޝަނަލް ކޮމިޝަނަރ، ނާޒިމާ ވަނީ ގައިޑިން […]

08Mar 2017

ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓްސް އެސޯސިއޭޝަން (ފެސާ) އިން ވަކިވަކި ބެޗްތަކުގެ ބައްދަލުވުންތައް މިއަދު ފަށައިފިއެވެ. ފެސާގެ މެމްބަރުންނާއި ފެސާގެ އެޑްވައިސަރީ ޓީމްއިން މިއަދު ބައްދަލު ކޮއްފައިވަނީ ބެޗެލަރސް އޮފް ޓީޗިން ސެކަންޑަރީ 2017 (BCTH 2017) ގެ ދަރިވަރުންނާއެވެ. މި ބައްދަލުވުން ކުރިޔަށް ދިޔައީ މިއަދު ހަވީރު (08 މާރޗް 2017) ފެކަލްޓީ އޮފް އެޑިއުކޭޝަންގެ (B1-18) ކްލާސް ރޫމްގައެވެ. މި ބައްދަލުވުމުގައި ދަރިވަރުންނާ މުހާތަބު ކޮއްފައިވަނީ ފެސާގެ އެޑްވައިސަރ އަރުޝަދު އަޝްރަފެވެ. ދަރިވަރުންނާ މުހާތަބުކޮށް […]