16Mar 2017

ސިއާ އިން އިސް ނަގައިގެން ތަރަހައާއި ގުޅިގެން ފްލު އާއި ދެކޮޅަށް “ފްލޫގެ އަސަރެއް ފެންނަ ނަމަ – މާސްކް އަޅަމާ” ގެ ނަމުގައި ކެމަޕެއިނެއް ޖައްސައިފި އެވެ. މާރޗް މަހުގެ 15ގައި ޖެއްސި މި ކެމްޕެއިންގައި އެފްއޭ އާއި އެފްއެސް ގެ ދަރިވަރުންތައް ވަނީ ހަރަކާތްތެރިވެފަ އެވެ. ފްލޫގެ ޖެހުމުން ފެންނަ އަލާމާތްތަކާއި އަމިއްލަ އަށް މިފަދަ ކަންތަކުން ސަލާމަތްވެވޭނެ ގޮތްތަށް މީހުންނަށް ކިޔައިދީ މާސްކުތައް ބެހުމުގެ ހަރަކާތްތަށްވެސް ވަނީ ކުރިޔައް ގެންގޮސްފަ އެވެ.   […]

07Mar 2017

2013 ވަނަ އަހަރު ވުޖޫދަށް އައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިޔަންގައި ފެކަލްޓީ އޮފް އާރޓްސް (އެފްއޭ) ގެ ކުލައެއް ނެތްތާންގައި ވަސްވެސް ނެތެވެ. ދަރިވަރުންގެ ޔޫނިޔަންގެ ޙަރަކާތްތަކުގައި އެފްއޭގެ އެއްވެސް ދައުރެއްނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ނަމަވެސް 2016 ވަނަ އަހަރު އެފްއޭގެ އިސްދަރިވަރެއްކަމުގައިވާ އަދި މިހާރު ދަރިވަރުންގެ ޔޫނިޔަންގެ ޚަޒާންދާރު ކަމުގައިވާ އިބްރާހިމް ހަނީފް (އިބޫ) ގެ އިސްނެގުމާއިއެކު އެފްއޭގައިވެސް ޔޫނިޔަންގެ ގޮތްޕެއް އުފެދުނެވެ. ވާދަވެރި މާހައުލެއްގައި ކެންޕެއިންތައް ކުރިޔަށް ގޮސް އަމާން […]

05Mar 2017

ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހާ ގުޅިގެން އެފް.އޭ ގައި ހަރަކާތްތަކެއް ބާއްވައިފިއެވެ. ފެބުރުއަރީ 25 ވަނަ ދުވަހު ބޭއްވުނު މި ހަރަކާތްތަކަކީ ދަރިވަރުންގެ މެދުގައި މާދަރީބަހަށް އޮންނަ ލޯބި އާލާކުރުމަށާއި އެކި އެކި ދަރިވަރުން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާ ކުރުމަށް ބާއްވާފައިވާ ހަރަކާތްތަކެކެވެ. މި ހަރަކާތްތަކުގެ ތެރޭގައި އެންމެ ނަލަ ހެދުން ހޮވުމާއި، އެންމެ ގިނައިން ލައިކްސް ލިބިފައިވާ ދުވަހާ ގުޅޭ ފޮޓޯ ހޮވުމާއި، ބަސްކޮށާރަ މުބާރާތާއި،ލީފްލެޓް ތައްޔާރު ކުރުން ހިމެނެއެވެ.މީގެ އިތުރުން އެފް.އޭގެ ދެ ޓީމެއްގެ […]

19Feb 2017

“އެފްއޭއިން ކީއްކުރަން ނެރޭ ޓީމެއް؟” މިއީ އިންޓަރ ފެކަލްޓީ ވޮލީ ޓޯނަމެންޓަށް ތައްޔާރުވަމުން ދަނިކޮށް ކުރެވުނު އެންމެ ފާޑުވެރި ސުވާލެވެ. މިއީ ކުރެވުނު މަލާމާތެއްބާ؟ ނޫނީ ލިބުނު ހިތްވަރެއްބާ؟ 2016 ވަނަ އަހަރު ބޭއްވުނު އިންޓަރ ފެކަލްޓީ ވޮލީ ޓޯނަމެންޓްގައި މޮޅު ކުޅުމެއް ނުދެއްކުނު އެފްއޭ ޓީމަށް ކުރިމަތިވި މިސުވާލަކީ ފާއިތުވި އަހަރު ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވުމުގެ ސަބަބުން ކުރިމަތިވި ސުވާލަކަށްވުން އެކަށީގެންވެއެވެ. ނަމަވެސް ކޮލެޖް ފެންވަރުގައި ބޭއްވޭ މުބާރާތެއްގައި ހުރިހާ ފެކަލްޓީއަކުންވެސް ތަމްސީލުކުރުމަކީ މުބާރާތަށްވެސް […]

16Feb 2017

ފެކަލްޓީ އޮފް އާޓްސް (އެފްއޭ)ގެ ފިރިހެން ޓީމުން، މިއަހަރުގެ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ. މިރޭ މި ވަނީ އެފްއޭ ފިރިހެން ޓީމުގެ ފުރަތަމަ މެޗު، ފެކަލްޓީ އޮފް އިންޖީނިއަރިން ޓެކްނޮލޮޖީ އާ ދެކޮޅަށް ކުޅެފަ އެވެ. މެޗުގެ ދެ ސެޓު ވެސް ފަސޭހަކަމާއެކު ގެންގޮސްފައިވަނީ އެފްއޭ ޓީމުންނެވެ. އެފްއޭ ޓީމުގެ ކެޕްޓަން މުހައްމަދު އާދަމް ވިދާޅުވީ އަމާޒަކީ މިދިޔަ އަހަރަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށާއި އެކަން ހާސިލްކުރަން ޓީމު ތައްޔާރު […]

08May 2016

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް 2016 ވަނަ އަހަރު އެމް.އެން.ޔޫ ގެ ދަރިވަރުންގެ ގުޅުމުން އިންތިޒާމްކޮށްގެން، މާލޭގެ އެހެން ކޮލެޖްތަކަށްވެސް ހުޅުވާލައިގެން ވަނީ ބަޙުޞް މުބާރާތެއް ބާއްވާފައެވެ.   އަދި ފެކަލްޓީ އޮފް އާޓްސް ގެ ފަރާތުން ވަނީ މިބަޙުސް މުބާރާތުގައި 3 ދަރިވަރަކު ތަމްސީލު ކޮށްފައެވެ. މިޓީމްގައި ހިމެނުނު ކުޅަދާނަ ބަޙުސް ތެރިންކަމަށްވާ ރައުފަތު ޞާދިޤު، މުހައްމަދު ޝަނޫން، އަދި ހުސައިން ޞަލާޙް ޔޫސުފް ވަނީ ހުނަރުވެރި ހުށަހެޅުންތަކެއް ވަރަށް ސާބިތުކަމާއި ފޯރިއާއެކު ހުށަހަޅައިދީފައެވެ.   މޭ […]

03Apr 2016

މިހިނގާ 2016 ވަނަ އަހަރަކީ ފެކަލްޓޯ އޮފް އާރޓްސްއަށް ވަރަށް މުހިއްމު އަދި ޚާއްސަ އަހަރަކަށް ވެގެންދަނީ  ފުރަތަމަ ފަހަރަށް ސްޓޫޑަންޓް ޔޫނިއަންގެ( އެސް ޔޫ) ގެ މުބާރާތްތަކުގައި ފެކަލްޓީ ތަމްސީލުކުރެވުވުގެ ފުރުސަރު ލިބިގެން ދާތީއެވެ. އެގޮތުން އެންމެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި އެސް ޔޫ އިން ހުޅުވާލި އިންޓަރ ފެކަލްޓީ އަންހެން/ފިރިހެން ވޮލީ މުބާރާތުގައި ވަނީ އެފް އޭ ގެ  އަންހެން އަދި ފިރިހެން ދެ ޓީމް ބައިވެރި ވެފައިއެވެ. ފެކަލްޓީގެ ކުދިންގެ އިރުޝާދުގެ ދަށުން […]