18Jul 2017

ނެޓް ބޯޅަ އެސޯސިއޭޝަނުން ކުރިއަށް ގެންދާ ފުރަތަމަ އިންޓަރ ކޮލެޖް / ޔުނިވަރސިޓީ ނެޓް ބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓިގެ ޓީމަށް ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު މެންދުުރުފަހު 13:30 ފައުންޑޭޝަން ސްޓަޑީޒް އޮޑިޓޯރިއަމްގައެވެ. ޓީމުގެ ކުޅުންތެރިންނާއި ޖާރޒީ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރ އައިޝަތު ޝާހީން އެވެ. ޤައުމީ ޔުނިވަރސިޓީގެ ޓީމް މިމުބާރާތުގައި ކުޅޭ ފުރަތަމަ މެޗް އޮންނާނީ މިއަދު ހަވީރު 16:30 ގައެވެ. އަނެއްކޮޅުން ވާދަކުރާނީ […]

15Feb 2017

އެމްއެންޔޫ އެސްޔޫ ތިންވަނަ އިންޓަރ ފެކަލްޓީ މުބާރާތުގައި އެފްއެސްއެލްގެ ޓީމުން ނިކުންނާނީ ތަށި ދިފާއު ކުރަންކަމުގައި ޓީމްގެ ކެޕްޓަން ނަޝީދު އަބްދުﷲ (ނަޝިއްޓެ) ވިދާޅުވެއްޖެއެވެ. ޔޫނިއަންއަށްދިން ބަސްދީގަތުމެއްގައި އެފްއެސްއެލްއަށް ފުރަތަމަ ރަން މެޑަލް ހޯދަދިން ޓީމްގެވެސް ކެޕްޓަން ނަޝީދު ވިދާޅުވީ މިއަހަރުވެސް ޓީމް ނިކުންނާނީ އިރާދަކުރެއްވިއްޔާ 2016 ވަނައަހަރުގެ ކާމިޔާބީ ތަކުރާކޮށް ތަށި ދިފާއުކުރަން ކަމަށެވެ. “މުބާރާތަށް ޓީމް އޮތީ އެއްކޮށް ތައްޔާރުވެފައި. ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް އަޒުމުގައި ތަށި ދިފާޢުކުރަންވެގެން” ނަޝީދު ވިދާޅުވިއެވެ. ނަޝީދު […]

15Feb 2017

އެމްއެންޔޫ އެސްޔޫ ތިންވަނަ ވޮލީ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އަންގާރަ ދުވަހުގެރޭ 09:00 ގައި ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ފެކަލްޓީ އޮފް ޝަރިޢާ އެންޑް ލޯ ގައެވެ. ފިރިހެންބައި ގްރޫޕް އޭ – އެފް.އެޗް.ޓީ.އެސް – އެފް.އެސް.އެލް – އެފް.އީ.ޓީ – އެފް.އޭ ގްރޫޕް ބީ – އެފް.އީ – އެފް.އެޗް.އެސް – އެމްއެންޔޫ ބީއެސް އަންހެންބައި ގްރޫޕް އޭ – އެފް.އެޗް.އެސް (އޭ ޓީމް) – އެމްއެންޔޫ ބީއެސް – އެފް.އެޗް.ޓީ.އެސް ގްރޫޕް ބީ […]

15Feb 2017

ދަރިން ތަރުބިއްޔަތުކުރުމާއި އެކުދިންގެ ހެދި ބޮޑުވުމުގެ ނަފްސާނީ ޢިލްމާއި ގުޅޭގޮތުން ވޯރކްޝޮޕެއް ބާއްވަން ހަމަޖެހިއްޖެއެވެ. މިވޯރކްޝޮޕަކީ ޔޫނިއަން، އުޔޫން އިންސްޓިޓިއުޓް އަދި ސޮސައިޓީ ފޮރ އިސްލާމިކް ސްޓަޑީޒް ގުޅިގެން ކުރިއަށްގެންދާ ވޯރކްޝޮޕެކެވެ. މިވޯރކްޝޮޕުގައި ދަރިން ތަރުބިއްޔަތު ކުރުމާއި އެކުދިންގެ ހެދި ބޮޑުވުމުގެ ނަފްސާނީ ޢިލްމާއި ގުޅޭގޮތުން މައުލޫމާތު ދެވޭނެއެވެ. ފެބްރުއަރީ 18 ވާ ހޮނިހިރުދުވަހުގެ ހަވީރު 18:00 – 16:30 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިވޯރކްސޮޕްއަކީ ހަމައެކަނި އަންހެން ބޭކަނބަލުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ […]

14Feb 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެސް.އީ.ޓީ) އިން އިންތިޒާމު ކޮށްގެން “އެސް.އީ.ޓީ ގިއަރ ނައިޓް 2017″ގެ ނަމުގައި 11 ފެބްރުއަރީ 2017 ވީ ހޮނިހިރު ދުވަހުގެރޭ ޙަފްލާއެއް ބާއްވައިފިއެވެ.   ހޮނިހިރު ދުވަހުގެރޭ 08.30ން 10.00އަށް ކުރިއަށްދިޔަ މި ޙަރަކާތަކީ އެސް.އީ.ޓީގެ ޢާންމު ޖަލްސާއާއި އެކު، ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެފް.އީ.ޓީ)އަށް އަލަށް ގުޅުނު ދަރިވަރުންނަށް މަރުޙަބާ ކިޔައި، އެފް.އީ.ޓީގައި ކިޔަވާ އެންމެހާ ދަރިވަރުންގެ ގުޅުން ބަދަހިކުރުމަށް ހިންގުނު ޙަރަކާތެކެވެ. ކޮންމެ އަހަރެއްގެވެސް ފުރަތަމަ ޓާރމްގެ […]

13Feb 2017

ދިވެހިރާްއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ގުޅިގެން ފިކުރީ މުދަލާއި ކޮޕީރައިޓްސްއާއި ގުޅޭގޮތުން ތަޤްރީރެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިތަޤްރީރު ދެއްވާނީ ދުނިޔޭގެ ފިކުރީމުދަލާއިބެހޭ ޖަމިއްޔާގެ ދެބޭފުޅުންނެވެ. މިތަޤްރީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 15ވާ ބުދަ ދުވަހުގެރޭ 20:00 ގައި ޤައުމީ ޔުނިވަރސިޓީގެ ފައުންޑޭޝަން އޮޑިޓޯރިއަމްގައެވެ. މިއީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ތަޤްރީރެކެވެ.